ސޯޝަލް މީޑިއާ ޕްލެޓްފޯމް – އިންސްޓަގްރާމްގައި އެންމެ އަވަހަށް 1 މިލިއަން ފޮލޯވާޒް ހަމަކުރުމުގެ ރެކޯޑް، ތިމާވެއްޓާ ގުދުރަތީ ދިރުންތަކުގެ ތާރީހު އިލްމުވެރިޔާ އަދި ބްރޯޑްކާސްޓާ ޑޭވިޑް އެޓެންބަރާ މުގުރާލައިފިއެވެ.

އެންމެ އަވަހަށް 1 މިލިއަން ފޮލޯވަރުން ހަމަ ކުރުމުގެ ރެކޯޑް މީގެ ކުރިން އޮތީ "ފްރެންޑްސް" ސީރީޒްއިން ގިނަ ބައެއްގެ ހިތްތައް ފަތަހަކުރި ޖެނިފާ އެނިސްޓަން އަތުގައެވެ.

ގިނިސް ވޯލްޑް ރެކޯޑްސްއިން ޚަބަރުދޭ ގޮތުގައި، އެޓެންބަރާގެ އިންސްޓަގްރާމް އެކައުންޓް ހުޅުވާލިތާ އެންމެ 4 ގަޑިއިރާ 44 މިނެޓްގެ ތެރޭގައި 1 މިލިއަން ފޮލޯވަރުން ހަމަވިއެވެ. މިއަދު އަހަރުގެ އޮކްޓޯބަރު މަހު، އެނިސްޓަން މި ޝަރަފު ގެންދިޔައީ 5 ގަޑިއިރާއި 16 މިނެޓްގެ ތެރޭގައެވެ.

އެޓެންބަރާގެ ފުރަތަމަ އިންސްޓަގްރާމް ޕޯސްޓްގައި އޭނާ ބުނެފައިވަނީ "ދުނިޔެ ސަލާމަތް ކުރުމަކީ މިއަދު މުއާމަލާތު ކުރުމުގެ ގޮންޖެހުމަކަށް ވެފައިވާ ކަމަށެވެ".

އިންސްޓާގްރާމްގައި އެންމެ އަވަހަށް 1 މިލިއަން ފޮލޯވަރުން ހަމަކުރި އިތުރު ޝަހްސިއްޔަތުތަކަށް ބަލާއިރު ޕްރިންސް ހެރީއާއި މޭގަން މާކެލް (5 ގަޑިއިރާއި 45 މިނެޓް)، ކޭ ޕޮޕް ތަރި ކޭންގް ޑެނިއަލް އަދި ޑޭވިޑް ބެކަމް ފާހަގަކުރެވެއެވެ. ބަކަމްގެ އިންސްޓަގްރާމް އެކައުންޓަށް 1 މިލިއަން ފޮލޯވާޒް ލިބުނީ 24 ގަޑިއިރުގެ ތެރޭގައެވެ.