އޮފީސްތަކާއި އާންމު ހިދުމަތްދޭ ތަންތަނާއި ޕަބްލިކް ޓްރާންސްޕޮޓޭޝަން ހިދުމަތް ދޭ ތަންތަން އިންސްޕެކްޓް ކުރަން މާދަމާ ފަށާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ކޮވިޑާ ގުޅިގެން އެއެޖެންސީން އާއްމު ކޮށްފައިވާ ގައިޑްލައިން ތަކާއި އެއްގޮތަށް އަމަލު ކުރަމުން ގެންދޭތޯ ބެލުމަށްޓަކައި، އެއެޖެންސީ އާއި ސަރުކާރުގެ އެހެނިހެން އިދާރާތައް މާދަމާ އިންސްޕެކްޝަނެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ގޮތުން އާންމު ހިދުމަތް ދޭ ތަންތަނާއި ސަރުކާރުގެ އޮފީސްތަކާއި، ޕްރައިވެޓް އޮފީސްތަކާއި، ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ތަންތަން ރެންޑަމްކޮށް އިންސްޕެކްޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ބުނީ އާއްމު ހިދުމަތްދޭ ތަންތަނުން އެއުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުން ދޭތޯ ބެލުމަށްޓަކައި މީގެކުރިންވެސް އެއެޖެންސީން ހިންގާފައިވާ މާސް އިންސްޕެކްޝަންގެ އިތުރު ބުރެއް އެތާރީހުން ފެށިގެން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި އެއިންސްޕެކްޝަންގައި އުސޫލުތަކާ ހިލާފަށް އާއްމު ހިދުމަތްދޭކަން ފާހަގަ ކުރެވޭތަންތަނާއި މެދު ފިޔަވަޅު އެޅޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެގޮތުން އުސޫލާއި ހިލާފަށް ތަނުގައި ހިދުމަތްދޭނަމަ ފުރަތަމަ ފަހަރު ނަމަ 48 ގަޑިއިރަށް ތަން ބަންދު ކުރާނެއެވެ. އަދި ތަން އަލުން ހުޅުވޭނީ ބަންދުކުރާ ވަގުތުން ފެށިގެން 48 ގަޑިއިރުފަހުން ކަމަށް އެޗްޕީއޭ އިން މައުލޫމާތު ދެއެވެ.
ދެވަނަ ފަހަރު ނަމަ ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 72 ގަޑިއިރު ފަހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ތަން ބަންދު ކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށާއި ހުޅުވޭނީ ބަންދު ކުރާ ވަގުތުން ފެށިގެން 5 ދުވަސް ފަހުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އެޗްޕީއޭއިން ގެންދަނީ ދޭތެރެ ދޭތެރެއިން އިންސްޕެކްޝަން ހިންގަމުންނެވެ.