މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ އެޕް ބޭނުންކުރާއިރު ކަސްޓަމަރުން ޑައިރެކްޓް ބޭންކް ޓްރާންސްފާ ލިންކް ފޯމް ފުރިހަމަ ކުރުމަށް އެދިއްޖެއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކަށް ޗެކް އަދި ޑައިރެކްޓް ބޭންކް ޓްރާންސްފާ މެދުވެރިކޮށްބިލަށް ފައިސާ ދެއްކި ކަމުގައި ވީނަމަވެސް ބައެއް ކަސްޓަމަރުންގެ އެކައުންޓް އަޕްޑޭޓްވުމުގައި ލަސްތަކެއް ހުރިކަމަށެވެ.

އެގޮތަށް ދިމާވެފައިވަނީ ޑައިރެކްޓް ބޭންކް ޓްރާންސްފާ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކެވުމަށްފަހު އެކުންފުނިން އެދިފައިވާ ގޮތުގެ މަތިން ޑައިރެކްޓް ބޭންކް ޓްރާންސްފާ ލިންކް ގައިވާ ފޯމް ފުރިހަމަ ނުކުރައްވާތީ ކަމަށް އެމްޑަބްލިޔުއެސްސީން ވަނީ ބުނެފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފައިސާ ދެއްކެވުމަށްފަހު ލިންކްގައިވާ މައުލޫމާތު ފުރިހަމަ ނުކުރާ ކަސްޓަމަރުން ވީއެންމެ އަވަހަކަށް މައުލޫމާތު ފުރިހަމަ ކުރެއްވުމަށް އެދޭ ކަމަށެވެ. އަދި އެ ހިދުމަތް ބޭނުން ކުރާއިރު، ލިންކްގައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކުރެއްވުމަށްފަހު ޕޭމަންޓް ރިސީޕްޓް ފޮނުވަމުން ގެންދިޔުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންނަމަ އެކުންފުނީގެ ހޮޓްލައިން ނަމްބަރު 105 ގުޅުމަށް ވަނީ އެދިފައެވެ.