ށ. ފީވަކުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މައުލޫމާތު ދެމުން ހެލްތް އިމަޖެންސީ އޮޕްރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ހޯމް ކަރަންޓީންގެ 14 ދުވަސް ފިރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލުން އިތުރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއަދު މީހަކު ޕޮޒިޓިވް ވެފައި ވާއިރު، މި މަހުގެ 1 ވަނަ ދުވަހުވެސް ފީވަކުން ވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 9052 އަށް އަރާފައި ވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 7055 އަށް އަރާފައެވެ. އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 1950 ކޭސް ހުރިއިރު، ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފައރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 116 އަށް އަރާފައެވެ. އައިސޮލޭޝަން ފެސިލިޓީގައި 908 މީހަކު އެބަތިއްބެވެ.

މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 28 ރަށަކުންނާއި، 26 ރިސޯޓަކުން ކޮވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައި ވާއިރު އޭގެ ތެރޭގައި ޕޮޒިޓިވް ވެފައިވާ 13 ފަތުރުވެރި އަކާއި، 39 ރިސޯޓަކުން މުއައްޒަފުން ހިމެނެއެވެ.

މިވަގުތު އަތޮޅުތަކުގައި 90 ދިވެއްސަކަށާއި، 18 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުން ދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫއާއި، ގދ. މަޑަވެލި އަދި ނ. މަނަދޫއެވެ.