ރާއްޖޭގައި ކޮވިޑް--19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 9000 އިން މައްޗަށް އަަރާ، ބަލިން ރަނގަޅުވި މީހުންގެ އަދަދު 7000 އިން މައްޗަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 62 މީހަކާ އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 9052 އަށް އްރާފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި 62 މީހުންގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 18 ބިދޭސީންނެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 209 މީހެކެވެ. އެއާއކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 7055 އަށް އަރާފައެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 1960 އަށް އަރާފައިވާއިރު، 908 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 116 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ 28 ރަށަކުންނާއި، 26 ރިސޯޓަކުން އެކްޓިވް ކޭސްތައް ފެނިފައިވާ ކަމަށް އެޗްޕީއޭން ބުނެއެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 13 ފަތުރުވެރިއަކާއި، 39 ރިސޯޓް މުއައްޒަފުން ހިމެނެއެވެ.

މިވަގުތު އަތޮޅުތަކުގައި 90 ދިވެއްސަކަށާއި، 18 ބިދޭސީން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެލި އަދި ނ. މަނަދޫއެވެ.

މިހާތަނަށް ރާއްޖެއިން 31 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 24 ދިވެހިންނާއި، 7 ބިދޭސީއެކެވެ.