މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލު ބުރިގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މިންގަނޑާ ހިލާފުވެފައި ވަނީ ފުލުހުންގެ ސަބަބުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން ނެރުނު ނަޔާނެއްގައި ބުނީ ޒުވާނުން އިސްނަގައިގެން މިއަދު މާލޭގައި އިންތިޒާމް ކުރި ސުލްޙަވެރި ސައިކަލް ބުރުގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
އެ ކޯލިޝަނުން ބުނީ އެ ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށްޒުވާނުން ރާވާ އިންތިޒާމްކުރި ހަރަކާތެއްކަމަށްވެފައި ޒުވާނުން ވަރަށް ސުލްހަވެރިކަމާއެކު ތިއްބާ ފުލުހުން އައިސް އެމީހުންހައްޔަރު ކުރުމަށް އަމަލުތައް ބެހެއްޓި ގޮތުން އެ މިންގަނޑުތަކާ ހިލާފުވެފައިވާތީ ކަންބޮޑުވާ ކަމަށެވެ.
ފުލުހުން ހައްޔަރުކުރި މީހުންގެތެރޭގައި ގިނަ އަދަދެއްގެ އަންހެނުންވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައިވާތީ އެއްވެސް ޝަރުތަކާނުލާ އެމީހުންދޫކޮށްލުމަށްވެސް ވަނީ އިދިކޮޅުން ގޮވާލާފަމެވެ.
ރާއްޖެ އަޅުވެތި ކުރުމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހްތިޖާޖުތައް ނުހުއްޓުވުމަށާއި ގާނޫނުއަސާސީން ލިބިދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ސަރުކާރަށްވެސް ވަނީ އިދިކޮޅުން ގޮވާލާފައެވެ.
މިއަދުގެ މުޒާހަރާއާ ގުޅިގެން ފުލުހުން ބުނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް މިއަދު ބޭއްވި އެއްވުން ފުލުހުން ހުއްޓުވާފައިވާ ކަމަށާއި އަދި އެ އެއްވުމުގައި 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރާށޖޭގެ މިނިވަންކަން ނީލަމުގަ . މިނިވަންކަމެއް މިގައުމަކުން ދެނެއް ނުފެންނާނެ . ދެންވެސް އަވަހަށް ހިންދީ ބަސްދަސް ކުރަން އުޅުން ބުއްދިވެރި. ޢެއިރުން މިގައުމުގަ އުޅެން ފަސޭހަވާނީ