އިދިކޮޅު ކޯލިޝަންގެ ސައިކަލް ބުރުން ގިނަ ބަޔަކު ހައްޔަރު ކޮށްފިއެވެ.

ސައިކަލް ބުރު ފެށުމުގެ ކުރިން ފުލުހުން އެ ސަލަރައްދަށްގޮސް ސައިކަލު ބުރު ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ވަނީ އަންގާފައެވެ. އަދި ފިޔަވޅު އަޅާނެ ކަމަށްވެސް ފުލުހުން ވަނީ އަންގާފައެވެ.

މިހާތަނަށް ހައްޔަރުކުރީ ކިހާ އަދަދެއްގެ ޒުވާނެއް ކަމެއް ސާފުނުވި ނަމަވެސް 15 ވަރަކަށް ޒުވާނުން ހައްޔަރުކުރި މަންޒަރު ވަނީ ފެނިފައެވެ.

ފުލުހުން ސައަކަލު ބުރު ހުއްޓުވި ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ މަޖީދީމަގުންގައި ސައިކަލު ބުރު އަލުން ފަށާފައެވެ. ނަމަވެސްގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވަނީ ޒުވާނުންގެ ސައިކަލު ބުރަށް ހުރަސް އަޅާ އެ ސައިކަލު ބުރު ރޫޅާލާފައެވެ.

އެ ސައިކަލު ބުރުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ޕީޕީއެމްގެ ނާއިބު ރައީސް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްވެސް ބައިވެރި ވިއެވެ.

އެ ސައިކަލް ބުރަކީ އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ދިވެހި ރާއްޖެ އަޅުވެތި ކުރުމާއި ދެކޮޅަށް ފެށި ސައިކަލް ބުރެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އެއީ ރާއްޖޭގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ބޭތިއްބުމާއި ދެކޮޅަށް ބާއްވާ ސައިކަލް ބުރެކެވެ.

ސަރުކާރުން މިއަދުގެ އެ ހަރަކާތް ހުއްޓުވުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށާއި އެ ހަރަކާތްތައް އަދިވެސް ކުރިއަށް ގެންދާނެ ކަމަށް އަދުރޭ މިއަދު ވަނީ ވިދާޅުވެފައެވެ.