ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަދާ ކޮވިޑް ޓެސްޓްގެ ކެޕޭސިޓީ އިތުރު ކުރަން ނިންމާފައިވާ ކަމަށް ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދަޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގެ ޓެސްޓިން ކެޕޭސިޓީ ފެބްރިއަރީ މަހު ރާއްޖޭގައި ޕީސީއާރް ޓެސްތް ކުރާ އަދަދު މަދުން ފަށާފައިވާ ނަމަވެސް މިއަދު ވަނީ 24 ގަޑިއރު ތެރޭ 17000 ސާމްޕަލް ޓެސްޓް ކުރެވިފައި ކަމަށެވެ.

ރާއްޖޭގައި ޓެސްޓް ކުރުމަށް ބޮޑު ކުރިއެރުމެއް އައިދްފައިވާ ކަމަށާއި ރާއްޖެ އެކު ޒޯންތަކަށް ބަހާލައިގެން ޓެސްޓިން ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އެގޮތުން ހއ، ހދ އަދި ށ އަތޮޅުގައި މިވަގުތު ދުވާހަކު 60 ޓެސްޓް ކުރެވޭ ކަމަށާއި އެ އަދަދު 200 އަށް އިތުރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ނ، ރ، ބ، ޅ، ގެ އެ ޒޯންގައި މިވަގުތު ޓެސްޓިން ކެޕޭސިޓީ އަކީ ދުވާލަކު 80 ކަމަށެވެ. މާލެ އަތޮޅު، ކ، އއ، އަދި އދ އަތޮޅުގައި މިވަގުތު 1000 އާއި 1300 އަދަދަކަށް ޓެސްޓް ކުރެވެމުންދާ ކަމަށެވެ.

މީގެ އިތުރުން ގދ، ތ، ލ މި އަތޮޅުތައް ހިމެނޭ ސަރަހައްދުގައި ދިުވާހަކު 40 ޓެސްޓް ކުރެވޭ ކަމަށައި ގއ، ގދ ގައިވެސް 40 ޓެސްޓް ދުވާހަކު ކުރެވޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ފުވައްމުލަކާއި އައްޑޫގައި ދުވާލަކު 60 ޓެސްޓް މިހާރު ކުރެވެމުންދާ ކަމަށްވެސް ވިދަޅުވިއެވެ.

މީހާރު ރާއްޖެއިން ޓެސްޓް ކުރެވޭނީ، ހދ. ކުޅުދުއްފުށި ފެސިލިޓީ، ނ. މާފަރުގައި ޕްރައިވެޓް ލެބްއެއްގައި ޕީސީއާރް ޓެސްޓް މިވަގުތު ކުރެވެމުންދާ ކަމަށާއި ރ އުނގޫފާރު އަދި ބ. އޭދަފުށީގައި ޖީން އެކްސްޕާޓް ބޭނުން ކޮށްގެން ޓެސްތް ކުރެވެމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސަރަހައްދަުން އޭޑީކޭ އާއި އައިޖީއެމްއެޗް އަދި ޕޮލުސް ލެބުން މިހާރު ޓެސްޓް ކުރެވެމުންދާ ކަމަށާއި މާދަމާ ހުޅުމާލޭގެ ހޮސްޕިޓަލުގައި ޕީސީއާރް ޓެސްޓިން ފެށިގެން ދާނެ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅިވިއެވެ. އަދި މި މަސްތެރޭ މޯލްޑިވްސް ފުދް އެންޑް ޑްރަގް އޮތޯރިޓީގައި ޕީސީއާރް ޓެސްޓް ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.