ކައިރި މުސްތަގުބަލެއްގައި ހެލިކޮޕްޓަރުތަކުގައި ދިވެހިން ތިބޭނެ ކަމުގެ ޔަގީކަން އަރުވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރު ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޝަމާލް އެހެން ވިދާޅުވެފައިވަނީ މިއަދު އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަމާލް ވިދާޅުވީ ސީދާ ހެލިކޮޕްޓަރުގެ ޓްރޭނިން ހަދާފައި ހުރި މީހަކު ނެތް ނަމަވެސް ޓްރޭނިންގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
އެކަމަށް ވަރަށް ގިނަ ގޮސްޖެހުންތައް ހުރިކަން ފާހަގަކުރައްވާ ޝަމާލް ވިދާޅުވީ ވަރަށް ފަހުން ހައެއްކަ މީހުން ޕައިލެޓުންގެ ގޮތުގައި ތިބި ކަމަށާއި އެހެން ނަމަވެސް އެމީހުންނަކީ އެކި އެކި އެކަޑަމީތަކުން ތަފާތު ވައްތަރުގެ ޓްރޭނިން ހަދާފައިވާ މީހުން ކަމަށެވެ.
ރާއްޖެއަށް އިންޑިއާގެ ހެލިކޮޕްޓަރު ގެނައީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން އެ ހެލިކޮޕްޓަރު ދުއްވާނެ ދިވެހިން އިންޑިއާއިން ތަމްރީނު ކުރަން ޖެހެެއެވެ.
ނަމަވެސް އޭގެ ފަހުން 10 އަހަރު ވެފައި ވާއިރު މިހާތަނަށް އެންމެ މީހަކުވެސް ތަމްރީނު ކޮށްފައި ނުވެއެވެ.
ހުސް ދޮގު