މިއަދުގެ ކޮވިޑް ނަންބަރުތަކަށް ބަލާލާއިރު، އިތުރު 137 މީހަކު ޕޮޒިޓިވްވެ، 119 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެދިޔަ 24 ގަޑިއުތެރޭ 137 މީހަކު މި ބައްޔަށް ޕޮޒިޓިވްވެ، މީހަކު މިބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7801 އަށް ވަނީ އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު މިވަނީ 5155 އަށް އަރާފައެވެ.

މިއަދު މި ބައްޔަށް ޕޮޒިޓިވްވި 137 މީހުންގެ ތެރޭގައި ހިމެނެނީ، 96 ދިވެހިންނާއި ބަންގްލަދޭޝްގެ 25 މީހުންގެ އިތުރުން، އިންޑިއާގެ 9 މީހަކާއި ލަންކާ 2 މީހަކާއި ނޭޕާލް 2 މީހަކާއި، ފިލިޕީންސް މީހަކާއި، ރަޝިއާ މީހެއްގެ އިތުރުން ޣަނިއާ މީހެވެ. މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 129 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު 8 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

މިވަގުތު މިބަލި ޖެހިފައިވާ 2615 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 172 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 6 ބިދޭސީންނެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 32 ރަށެއްގައެވެ. އަދި 15 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 11 ފަތުރުވެރިންނާއި 19 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.