މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިސިކޮޅު ޕީޕީއެމުން މާފުށީ ފަޅުތެރޭގައި އިހުތިޖާޖު ކުރުމުގެ ފުރުސަތެއް ފުލުހުން ނުދިނެވެ.
ޕީޕީއެމް އަދި ޕީއެންސީގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ މި މުޒާހަރާ ކުރުމަށް ނިންމީ މާފުށީ ބޭރުގައެވެ. ނަމަވެސް، މުޒާހަރާ ކުރުމަށް ދިޔަ ދޯނި މަފުށީ ފަޅުތެރެއަށް ވަނުމާއެކު ފުލުހުން ވަނީ ފަޅުތެރޭގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދީ ދުރަށް ޖައްސާފައެވެ.
މި މުޒާހަރާގައި އެ ޕާޓީގެ 100 އެއްހާ ސަޕޯޓަރުން ބައިވެރިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިކަމާ ގުޅިގެން އެ ޕަޓީގެ އިސްވެރިން މިއަދު ފުލުހަށް ހާޒިރުކޮށް ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މުޒާހަރާ ކުރުމަށް ނަސޭހަތްތެރި ވެފައެވެ. އެކަމަށް އެ ޕާޓީން ވަނީ އެއްބަސްވެސް ވެފައެވެ.
މިހާރު މާފުށީ ބޭރުގައި އިދިކޮޅުން ދަނީ މި މުޒާހަރާ ކުރިއަށް ގެންދަމުންނެވެ.
މިއަދު އިދިކޮޅުން މާފުށީ ބޭރުގައި މުޒާހަރާ ކުރަމުން ދާއިރު، "ރާއްޖެ ވިއްކުމާ ދެކޮޅު" ނަމުގައި މުޅި ރާއްޖޭގައި މުޒާހަރާއެއް ކުރަންވެސް ވަނީ ނިންމާފައެވެ. އަންނަ ހުކުރު ދުވަހު ކުރުމަށް ހަމަޖެހިފައިވާ އެ މުޒާހަރާކަ ކުރަނީ މި ސަރުކާރުން ދިވެހިރާއްޖެ ދަރަނިވެރި ކުރުވާ ބޭރު ގައުމުތަކުން ބޮޑެތި ލޯނު ނަގަމުން ދާތީ ކަމަށް ބުނެއެވެ.
ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ "ރާއްޖެ ވިއްކުމާ ދެކޮޅަށް" ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުޒާހަރާ މާލެ ސަރަހައްދު ފިޔަވާ ހުރިހާ ރަށެއްގައި ކުރިއަށްދާނެ ކަމަށެވެ.
ކޮވިޑް19 ފެތުރުނީމަ ފެތުރޭ ވާހަ ކަ ދައް ކަން ބައިތިއްބަ ގައުމު ދެ ކެ ލޯބިވާ އެ ކެއްވެސް ނުޅޭ ސިޔާސީ މަޝްރަހަ ކު.... އެމްޑީޕީ ވެސް ޕީޕީއެމް ވެސް... ޢަމިއްލަ ފައިދާ ނަފްސީ ނަފްސީ