ކޮވިޑް ޖެހުނު 141 މީހަކު މިއަދު ރަނގަޅު ވެއްޖެއެވެ.

މިއަދު ޖުމްލަ 141 މީހުން ރަނގަޅު ވެފައި ވާއިރު މިހާރު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ ޖުމްލަ 3208 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 146 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1518 މީހަކު އެބަ ތިއްބެވެ.

މިއަދު ކޮވިޑަށް 106 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 79 ދިވެހިންނާއި ބަންގްލްދޭޝްގެ 21 މީހުންނާއި އިންޑިއާއަށް ނިސްބަތްވާ 5 މީހަކާއި ނޭޕާލްއަށް ނިސްބަތްވާ މީހެކެވެ.

ޕޮޒިޓިވްވި މީހުންގެ ތެރެއިން 99 މީހަކު ޕޮޒިޓިވްވީ މާލެ އިންނެވެ. މިއަދު 7 މީހަކު ވަނީ އަތޮޅުތަކުން ޕޮޒިޓިވް ވެފައެވެ.

މިއަދު ބަލިން ރަނގަޅުވެފައި ވަނީ 141 މީހުންނެވެ. އެއާއެކު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ ޖުމްލަ 3208 އަށް އަރާފައެވެ. މިހާރު ހޮސްޕިޓަލުގައި 146 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީ ތަކުގައި 1518 މީހަކު އެބަ ތިއްބެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5679 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 22 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި 5 ބިދޭސީންނެވެ. 16 ދިވެހިންގެ ތެރޭގައި 8 ފިރިހެނުންނާއި 9 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.