ގިނަ ދުވަސްވެފައިވާ ފެން މީޓަރުތައް ބަދަލުކުުރުމުގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ފަށައިފިއެވެ.

މާލެ ސިޓީގެ ގޭބިސީތަކުގައި ހަރުކޮށްފައި ހުރި ފެން މީޓަރުތަކުގެ ތެރެއިން ދުވަސްވެފައި ހުރި ފެން މީޓަރުތައް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ އިރު އެމަސައްކަތް ފަށްޓަވައިދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި 15،000 ފެން މީޓަރު ބަދަލުކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މިޕްރޮގްރާމުގެ ބޭނުމަކީ ފެން މީޓަރުތައް އެއް ޔުނިފޯމިޓީއަކަށް ބަދަލުކޮށް ކުންފުނީގެ ސްޓޭންޑަޑް ދެމެހެއްޓުން ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ބުނެފައެވެ.

މީގެ ކުރިން އެކުންފުނިން ފެން މީޓަރު ބަދަލުކޮށްދީފައިވަނީ ކަސްޓަމަރުން އެކަމަށް އެދުމުންނެވެ.