މާލެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ދެވަނަ މާސް އިންސްޕެކްޝަންގައި އެންމެ މައްސަލަ ގިނަކަމަށް ފާހަގަ ވީ ބޯކޮށާ ތަންތަނުގައި ކަމަށް އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވެއްޖެއެވެ.
ރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާސިރު ވިދާޅުވީ ދެވަނަ މާސް އިންސްޕެކްޝަނުގެ ތެރެއިން އެންމެ މައްސަލަ ގިނަ ކަމަށް ފާހަގަ ވީ ބޯކޮށާ ތަންތަނުގައި ކަމަށާއި އެގޮތުން ބޯކޮށާ ތަންތަނަށް ވަނުމަށް ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް މީހުން ވަންނަ ކަމަށެވެ. އަދި ބޯކޮށާ މީހުން ގައިޑް ލައިންނަށް ބޯނުލެނބުމާއި، ބޯކޮށާ އާލާތްތަކުގެ މައްސަލަތައް ހިމެނޭ ކަމަށް ވެސް ނާސިރު ވަނީ ފާހަގަ ކުރައްވާފައެވެ.
އޭގެ އިތުރުން ބޯކޮށާ ތަންތަނުގައި ސާފު ފެން ލިބުމުގެ ދަތިކަން ހުރިކަން އާ ކަމަކަށް ފާހަގަ ކުރެވިފައި ވާ ކަމަށް ވެސް ނާސިރު ވަނީ ވިދާޅުވެފައެވެ.
ދެވަނައަށް ކުރިއަށް ގެންދިޔަ އިސްޕެކްޝަންގެ ތެރެއިން ބޯކޮށާ 112 ތަނެއް އިންސްޕެކްޓް ކޮށްފައި ވާއީރު މީގެ ތެރެއިން 51 ތަނެއް ވަނީ ބަންދުކޮށްފައެވެ.
އެޗްޕީއޭއިން ކުރި އިންސްޕެކްޝަންގެ ތެރެއިން މާލެއިން އެކު ޖުމްލަ 1179 ތަނެއް ވަނީ ބަލާފައެވެ. އަދި އޭގެ ތެރެއިން 204 ތަން ވަނީ ބަންދުކޮށްފައެވެ. ހުޅުމާލޭއިން 296 ތަން ބަލައި ފާސްކޮށްފައިވާ އިރު އޭގެތެރެއިން 48 ތަން ވަނީ ބަންދު ކޮށްފައެވެ.
ވިލިމާލެއިން 51 ތަން ބަލައި ފާސްކޮށްފައި ވާއިރު އޭގެ ތެރެއިން ތިން ތަން ވަނީ ބަންދު ކޮށްފައެވެ. އަދި ތިލަފުށިން 17 ތަން ބަލާ ފާސް ކުރިއިރު ތިން ތަނެއް ވަނީ ބަންދު ކޮށްފައެވެ.
"ވިލިމާލެއިން 51 ތަން ބަލައި ފާސްކޮށްފައި ވާއިރު އޭގެ ތެރެއިން ތިން ތަން ވަނީ ބަންދު ކޮށްފައެވެ." މުޅި ވިލިމާލޭގަވެސް ޖުމްލަ އިންނަނީ ބޯކޮށާ 02 ތަން.
ބުނެފައި އެއިނީ ވިލިމާލެއިން 51 ތަން ޗެކް ކުރި ވާހަ ކަ.. ރަނގަޅަށް ޙަބަރު ކިޔާފައި ކޮމެންޓު ކުރައްވާ.. 51 ބޯ ކޮށާތަނެކޭ ނެތްދޯ ޖަހާފައެއް.. 3 ތަން ބަންދު ކުރި ވާހަކަ ޖަހާފައި އިނީ.. 3 ބޯ ކޮށާތަން ބަންދު ކުރި އެކޭ ޖަހާފައި އެއް ނެތް ދޯ!!!
މަސާޖު ކުރާތަނޯ........... ރަނގަޅުދޯ.........