މިއަދު ރާއްޖޭގައި ކޮވިޑް-19އަށް 116 މީހަކު ޕޮޒިޓިވް ވި އިރު އޭގެ ތެރެއިން 77 މީހުންނަކީ ދިވެހިންނެވެ.
މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެން ހިމެނެނީ ބަންގްލްދޭޝް ގެ 27 މީހުންނާއި ސްރީލަންކާގެ 6 މީހުންނާއި އިންޑިއާގެ ފަސް މީހެއްގެ އިތުރުން ނޭޕާލް އަށް ނިސްބަތްވާ މީހެކެވެ.
މިހާރު ހޮސްޕިޓަލުގައި 145 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1452 މީހަކު އެބަ ތިއްބެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގައި ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 5157 އަށް އަރާފައެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.
އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 52 އަހަރުގެ އަންހެންކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނެކެވެ. 79 އަހަރުގެ އަންހެނެކެވެ. އަދި 89 އަހަރުގެ ފިރިހެނަކާއި 80 އަހަރުގެ އަންހެނަކު ވެސް މީގެ ތެރޭގައި ހިމެނެއެވެ.