ކޯވިޑް 19 އާއި ގުޅިގެން މާލެ ހިޔާ 2 ގެ ފުރަގަހުގައި ކުރިއަށް ގެންދާ ފްލޫ ކްލިނިކްގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އައިޖީއެމްއެޗުން ކުރި އިއުލާނެއްގައި ބުނީ މިއަދުން ދެށިގެން އެ ކްލިނިކްގެ ހިދުމަތް ކުރިޔައްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ.

އެ ކްލިނިކަށް ދިވެހިންގެ އިތުރުން ބިދޭސީން ވެސް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ. އަދި ހުން އައިސް ކެއްސާ ނުވަތަ ރޯގާގެ އަލާމާތެއް ހުރިނަމަ، ހޮސްޕިޓަލަށް ދުރުވުމުގެ ބަދަލުގައި، އެ ކްލިނިކަށް އައިސް ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުން ވަނީ އެދިފައެވެ.

އިއްޔެ ރާއްޖެއިން 129 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 4898 އަށް އަރާފައެވެ. މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން 19 މީހަކު ވަނީ މަރުވެފައެވެ.

އޭގެ ތެރޭގައި ހިމެނެނީ 13 ދިވެހިންނާއި 5 ބިދޭސީންނެވެ. 13 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 8 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.