އިންޑިއާއަށް އިތުރު ފަރުވާއަށް މިއަދު ފުރި ފްލައިޓުގައި ހިމެނޭ ޕޭޝަންޓަކު ކޮވިޑަށް ޕޮޒިޓިވްވެ އޭނާއަށް ނުފުރުނު ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓާ އިބްރާހިމް ރަޝީދު ވިދާޅުވީ މިއަދު ފްލައިޓުން ފުރަން ހަމަޖެހި ނުފުރުނީ ބަލި މީހަކަށް ކަމަށާއި އޭނާ ޕޮޒިޓިވް ވީ، އާސަންދައިން އެންމެ ފަހުން ފުރުވާލި ފްލައިޓުގައި ފުރަން އޮތް މީހަކާ ކޮންޓެކްޓް ވެ، ޕޮޒިޓިވް ވުމުން ކަމަށެވެ.

އިބްރާހިމް އިރުތަށް ވިދާޅުވީ، ދެން އޮންނަ ފްލައިޓެއްގައި އޭނާ ފުރުލާލެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިއަދުގެ ފްލައިޓުން ޖުމްލަ 50 މީހުން ދަތުރު ކޮށްފައިވާ އިރު އޭގެ ތެރޭގައި ބަލި 21 މީހަކު ހިމެނޭ ކަމަށެވެ.

މިއަދު ފުރި މީހުންގެ ތެރޭގައި ހިމެނެނީ 21 ޕޭޝަންޓުންނެވެ. މީގެތެރެއިން 9 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައި ވަނީ އެއިމްސް ހޮސްޕިޓަލުގައެވެ. ބާކީ 12 ޕޭޝަންޓުންގެ ފަރުވާ ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލުގައެވެ. ޕޭޝަންޓުންނާއި އެހީތެރިންވެސް ކަރަންޓީނުގައި ތިބޭނީ ފަރުވާ ހަމަޖެހިފައިވާ ހޮސްޕިޓަލުގައެވެ. އަދި ކަރަންޓީނުގެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާ ކުރިއަށް ގެންދެވޭނެ ކަމަށްވެސް އާސަންދައިން ބުނެއެވެ.

މިއީ މި ގޮތަށް އިންޑިއާއަށް ފުރި ހަތަރުވަނަ ބެޗެވެ. މިބެޗްގަވެސް ދާ ހުރިހާ ފަސިންޖަރުން އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާ އެކުގައެވެ.

އިނޑިއާއަށް އިތުރު ފަރުވާއަށް ދިޔަ ބައެއް މީހުން ޕޮޒިޓިވް ވެފައިވާއިރު، ކޮންމެ ދުވަހަކުވެސް ބަލި މީހުންގެ ހާލަތު ބަލަހައްޓަން އެކަންކަމަށް ކަނޑައާޅާފައި ތިބޭ ކޯޑިނޭޓަރުން ވަޑައިގެންނަވާނެ ކަމަށާއި ހުރި ދަތިތަކާ ގުޅިގެން މަޝްވަރާ ކުރާނެ ކަމަށްވެސް ރަޝީދު ވިދަޅުވިއެވެ. އަދި އާސަންދައިންވެސް ޕޭޝެންޓުންގެ ހާލު ބެލުމަށް ގުޅަމުންދާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ.

އެގޮތުން އިންޑިއާގެ ކިމްސް ހޮސްޕިޓަލާއި ޓްރިވިންޑްރަމް ހޮސްޕިޓަލާއި އަމްރިތާ ހޮސްޕިޓަލަށް އިތުރު ފަރުވާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން ފަރުވާ ނިމިފައިވާ ފަރާތްތައް ރާއްޖެއިން ދާ ފްލައިޓް ތަކުން އަންނަމުން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިނަޑިއާއަށް އިތުރު ފަރުވާއަށް ފޮނުވަނީ އީންޑިއާގެ ހޮސްޕިޓަލް ތަކާއި އާސަންދައާ ގުޅިގެން ކަމަށް ވާއިރު، ކޮންމެ ދުވަހަކުވެސް ބަލި މީހުންގެ ހާލަތު ބަލަހައްޓަން އެކަން ކަމަށް ކަނޑައާޅާފައި ތިބޭ ކޯޑިނޭޓަރުން ދާނެ ކަމަށާއި ހުރި ދަތިތަކާ ގުޅިގެން މަޝްވަރާ ކުރާނެ ކަމަށްވެސް ރަޝީދު ވިދަޅުވިއެވެ. އަދި އާސަންދައިންވެސް ޕޭޝަންޓުންގެ ހާލު ބެލުމަށް ގުޅަމުން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖެއިން ދިޔަ ދެވަނަ ބެޗްގެ 4 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކަކީ ޕޭޝަންޓެއް ކަމަށާއި ބާކީ ތިބި 3 މީހުންނަކީ އެހީތެރިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ޕޭޝަންޓް މިހާރު ކޮވިޑަށް ނެގެޓިވް ވެފައިވާ ކަމަށާއި މިހާރު ފަރުވާ ހޯދަށް ދިޔަ ބައްޔަށް ފަރުވާ ހޯދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހީތެރިންގެ ތެރެެއިން 2 މީހަކުވެސް މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 14 ވަނަ ދުވަހު އާސަންދަ ރެފަރަލްގެ ދަށުން އިންޑިއާއަށް 59 ދިވެހިން ވަނީ ގޮސްފައެވެ. އޭގެ ތެރެއިން 49 މީހުންނަކީ އަމްރިތާ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ހަމަޖެހިފައިވާ ފަރާތްތައް ކަމަށާއި ބާކީ ތިބި 10 މީހުންނަކީ ކިމްސް ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ހަމަޖެހިފައިވާ މީހުންނެވެ.