ހުޅުމާލޭ ހުސްހުމެއްގައި ހުރި ކުނިތަކެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އާ ދޭތެރޭގައި އޮތް ހުސްބިމުގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބިފައި ވަނީ ފަތިހު 5:45 ގައި ކަމަށެވެ. އަދި އަލިފާން ނިއްވާ ޓީމުން 6:00 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި އިތުރު ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގި ގޮތް އަދި ސާފެއް ނުވެއެވެ.