މި އަހަރުގެ މިހާތަނަށް 209 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ނަގައިފި ކަމަށް ހިސާބުތަކުން ދައްކައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ބޭރުގެ ބޭންކުތަކުންނާއި މާއލީ އިދާރާތަކުން މި އަހަރު ޖެނުއަރީ އެކަކުން މި މަހުގެ ތިނެއްގެ ނިޔަލަށް ސަރުކާރުން ބޭރުން ލޯނުގެ ގޮތުގައި ވަނީ 209 މިލިއަން ޑޮލަރު ލޯނުގެ ނަގާފައެވެ.
މިއަހަރު މިހާތަނަށް ހަތް ފަރާތަކުން ލޯނު ނަގާފައިވާއިރު އެންމެ ބޮޑު ލޯނެއް ނަގާފައިވަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިންނެވެ. އެގޮތުން އެތަނުން 50 މިލިއަން ޑޮލަރު، ލޯނުގެ ގޮތުގައި ނަގާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ސައުދީ ފަންޑުން 25 މިލިއަން ޑޮލަރު ގެ ދެ ލޯނެއް ނަގާފައިވާއިރު މި ލޯނުތައް ހާއްސަ ކުރަން ނިންމާފައިވަނީ ގެދޮރު ވެރިކަމާއި ގުޅޭ މަޝްރޫއުތައް ހިންގުމަށާއި މަސްވެރިކަމާއި ގުޅޭ މަޝްރޫއު ތަކަށް ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19އާ ގުޅިގެން އިގްތިސޯދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން ދަނީ އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތަށް ބަރޯސާ ވެފައިވާ މި ރާއްޖޭގައި އެހެނިހެން ސިނާއަތްތަކުން މަންފާ ހޯދުމަށް މަސައްކަތް ކުރުމަށް ސަރުކާރުން އެއްބާރުލުން ދީގެން އިގްތިސޯދީ ހާލަތު ރަނގަޅު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ނަގާ ލޯނު ތަކުން ރައްޔިތުންނަށް ވަނީ ކޮންކަމެއް ގެދޮރު އިމާރާތްކުރުމަށޭ ކިޔާފަ ނަގާ ލޯނުތަކުން ކުޜާ ކަމެއް ނުފެނޭ އެމާރާތް ކުރާތީ މާލޭގައުޅޭ ނިކަމެތި ރައްޔިތުން މިބިކަހާލުގައި އުޅެން މިޖެހެނީ ވަރަށްތާހިރެއްނޫން ތެދުހަދާ އެއްމިނިސްޓަރެށްވެސް ނޫޅޭ މީހަމައެއްކަލަލަ މިނިސްޓަރުން މިއުޅެނީ