އަންނަ ހަފްތާގެ ކުރީކޮޅު ފްރޮންޓްލައިންގައި މަސައްކަތް ކުރި ފަރާތްތަކަށް ފްރޮންޓްލައިން އެލަވެންސް ޖަމާވާނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީންގެ ފަރާތުން އެ ސެންޓާރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު މިހެން ވިދާޅުވީ އިންލައިންކޮށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި 'ދަ ޕްރެސް'ގެ ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ޑރ. ނަޒްލާ ވިދާޅުވީ، އެލަަންސް ދިނުން ލަސްވެފައި ވަނީ ބޭނުންވާ ބައެއް މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނާއި ދަރުމަވެރިންނަށް ފްރޮންޓްލައިން އެލަވަންސް ނުލިބިވާ ކަމުގެ މައުލޫމަތު ލިބޭ ކަމަށެވެ.

އޭނާ ވިދާޅުވީ، ފިނޭންސް މިނިސްޓްރީން އެކުލަވާލައިފައިވާ ޕޯޓަލްއަށް ކޮންމެ ދުވަހަކު ކުރި މަސައްކަތާއި މަސައްކަތް ކުރި ގަޑިއާއެއްކޮށް ލޮގްކުރަން ޖެހޭ ކަމަށެވެ. އަދި އެ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެލަވަންސް ދިނުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފްރޮންޓްލައިން އެލަވަންސް މާދަމާ ލޮގްކޮށް ނިމޭނެ ކަމަށާއި އަންނަ ހަފްތާގެ ކުރީކޮޅު އެލަވަނސް ލިބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސީދާ ގޮތުން އެންއީއޯސީގެ އޮޕަރޭޝަންސްގައި ހަރަކާތްތެރިނުވާ މުއައްސަސާތަކުން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާތީ، އެ ފަރާތްތަކަށް އެލަވަންސް ލިބޭނީ އެ މުއައްސަސާއެއް މެދުވެރިކޮށް ޕޯޓަލަށް ބޭނުންވާ މައުލޫމާތު އެޅުމުން ކަމަށެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވެފައިވާއިރު ފްރޮން'ޓްލައިން އެލަވަންސް ޖަމާނުވާތީ އެކަމާ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.