މިއަދު ހުޅުމާލެގައި ނިޔާވި އުމުރުން 27 އަހަރުގެ ޒުވާނާގެ މަރަކީ ކޮވިޑް މަކެއް ނޫން ކަަމަށް އެޗްޕީއޭއިން ނިންމައިފިއެވެ. ނަމަވެސް އޭނާ ވަޅުވީ ކޮވިޑަށް ޕޮޒިޓިވް ވާ މީހުން ވަޅުލާ ހުޅުމާލެ ސަހަރާގައެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވް ކަން ވެސް ވަނީ އެނގިފައެވެ.

ފުލުހުން ބުނީ މިއަދު މެންދުރު، ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގެ މަަސައްކަތެއް ކުރަން މޫދަށް އެރި އުޅުނު ޒުވާނަކު އަކުނިވަޔަށް ދަމައިގަނެ، ހާލު ދެރެވަގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އޭނާ ނިޔާވެގފައި ވަ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަކުނިވަޔަށް ދަމައިގަނެގެން ދޯންޏަށް ނެގި ފަހުން، ހޮޑުލާ އޭގެ ފަހުން ހަބަރު ހުސްވި ކަމަށް ދޯނީގެ މީހުންނަ ހަވާލާދީ ބައެއް މީޑިއަމްތަކުން ބުނެއެވެ.

މީގެ 3 ދުވަސް ކުރިން އޭނާ ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އަދި އޭރު ނަތީޖާ ނެގެޓިވް ވެފައިވީ ނަމަވެސް މިއަދު ހޮސްޕިޓަލުން މަރުވާ މީހުންގެ ޓެސްޓް ހަދާ އުސޫލުގެ ދަށުން ހެދި ޓެސްޓުން އޭން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަން ވަނީ އެނގިފައެވެ.