އައިސީޔޫގައި ފަރުވާދޭ މީހުންގެ އަދަދު 6 އަކަށް އަރައިފިއެވެ.

އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދަށް ބަލާއިރު މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11ގައި އެކަކާއި ޑީއެޗް 16 ގައި ހަތަރު ފަރާތެއް އަދި ށ. ފުނަދޫ ކޮވިޑް ފެސިލިޓީގައި އެކަކު ހިމެނެއެވެ. އަދި ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި އެކަކު އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 65 މީހަކު އެޑްމިޓްކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އޭގެ ތެރެއިން 60 ފަރާތެއް ވޯޑުގައި އަދި ފަސް ފަރާތެއް އައިސީޔޫގައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ދެ މީހަކު ވެންޓިލޭޓަރުގައި އޮތް ކަމަށް ވެސް ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ރާއްޖެއިން މިހާތަނަށް 3949 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު މިއަދު އެކަނިވެސް އެބައްޔަށް ވަނީ 156 މީހުން ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 16 މީހަކު މަރުވެފައިވެސް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 11 ދިވެހިންނާއި 5 ބިދޭސީންނެވެ. 11 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 6 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނެކެވެ. އަދި މިއަދު މަރުވި 71 އަހަރުގެ އަންހެން މީހާވެސް މީގެ ތެރޭގައި ހިމެނެއެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.