ވެމްކޯއިން ދެންވެސް މާލޭ ސިޓީން ކުނިނަގާނީ ގޭގެ ތިރީ ފަންގިފިލާއިން ކަމަށް އެކުންފުނިން ބުނެފިއެވެ.

ވެމްކޯ އިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަން އިން މާލެ ސަރަހައްދުގެ ގޭބިސީތަކަށް ފޯރުކޮށްދެމުން ދާ ކުނި ނެގުމުގެ ހިދުމަތަކަށް ކުރިއެކޭ އެއްގޮތައް އަމަލު ކުރުމަށް ނިންމާފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ކުރިން އާންމުކުރި އުސޫލުުގެ މުއްދަތު ހަމަވެފައިވާތީ ކަމަށެވެ.

އެގޮތުން މާދަމާ އިން ފެށިގެން ވެމްކޯއިން ހިދުމަތްތައް ފޯރުކޮށްދޭނީ ކުރިއެކޭވެސް އެއްފަދައިން އިމާރާތުގެ ބޭރުން، ދޮރުމަތިން ކަމަށާއި ކުނި ނެރުމަށް ހަމަޖެހިފައިވަނީ، ކޮންމެ ދުވަހެއްގެ މެންދުރު 12:00 އިން 2:00 އާއި ދެމެދު ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ނަމަވެސް، އިމާރާތުގެ އެންމެ ތިރިން ކުނި ނެގޭނެ ފަދަ އިންތިޒާމްއެއް ދުރާލާ ހަމަޖެހިފައިވާ ގޭބީސީ އެއް ނަމަ، އެދުވަހެއްގެ އިރުއޮއްސި 6:00 ގެ ނިޔަލަށް އިމާރާތަށް ވަދެ ނިކުމެވޭނެ ފަދަ އިންތިޒާމެއް ހަމަޖައްސަންވާނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯ އިން ބުނީ އެ މުއްދަތުގައި، އެކޯޕަރޭޝަންގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކަން ކުނިނެގުން ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި އެކޯޕަރޭޝަންގެ މުވައްޒަފުންނާއި، ހިދުމަތްތައް ހޯދާ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުވާން ޖެހޭތީ، އެކޯޕަރޭޝަން އިން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑާއި، ވަގުތުގައި ކުނި ނެރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.