އާސަންދަ ކޯލް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭނާ ޕޮޒިޓިވް ވެފައި ވަނީ އިއްޔެ ކަމަށާއި، އޭނާގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން ދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އާސަންދައިގެ ސްޓާފެއް ޕޮޒިޓިވް ވި އިރު، އޭނާއާ ކޮންޓެކްޓް ވީ ކިތައް މީހުން ކަމެއް ސާފެއް ނުވެއެވެ. ނަމަވެސް ޕޮޒިޓިވް ވި ފަރާތް އައިސޮލޭޓް ކޮސްފައި ވާކަމަށް ވަނީ މައުލޫމަތު ލިބިފައެވެ.

އިއްޔެ ވަނީ 152 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި 98 ދިވެހިން ހިމެނެއެވެ.

ރާއްޖޭގައި ދުވަހުން ދުވަހަށް ޕޮޒިޓިވް ވާ ނިސްބަތް މައްޗަށް ދާއިރު ކުރިއަށް އޮތް އޮގަސްޓް މަހު ޕޮޒިޓިވް ވާ ނިސްބަތް ބޮޑުތަނުން މަތިވާނެ ކަމަށް އެޗްޕީއޭއިން ވަނީ އަންދާޒާ ކޮށް އަދަދުތަކެއް ހާމަ ކޮށްފައެވެ. އަންނަ އޯގަސްޓް މަހުގެ ކޮންމެ ދުވަހަކު 170 މީހުންގެ ރޭޓުން ޕޮޒިޓިވް ވާނެ ކަމަށް އަންދާޒާއިން ދައްކައެވެ.