‏ބަރަކާތްތެރި އަޟްހާ އީދުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފިއެވެ.

ބަރަކާތްތެރި އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ ، ބަރަކާތްތެރި އަޟްހާ އީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ. އަދި މި އީދަކީ ވެސް ތިމާގެކަމުގެ ގުޅުންތައް ބަދަހިކޮށް، އިޖްތިމާއީ ބަދަހިކަން ދިރުވައި އާލާވެގެންދާނެ އީދެއް ކަމުގައި ލައްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮންމެ އަހަރެއްގެ ބޮޑު އީދަކީ ވަރަށް ކުަލަ ގަދަކޮށް ދިވެހިން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ. ނަމަވެސް ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ކުރިން ބާއްވަމުންދާ ކުޅިވަރުތަކާއި ޝޯވްތަކާއި އީޫގެ އެކިއެކި ހަފްލާތައް ބޭއްވުން ވަނީ މަޑޫ ޖައްސާލާފައެވެ. ހަމައެއާއެކު އީޑޫ ނަމާދުވެސް ބޮޑު ޖަމާއަތުގައި ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ކޮވިޑާ ގުޅިގެން އެންމެ ފަހުން ނިމި ދިޔަ ފިތުރު އީދު ދުވަސްވެސް ކުރިއަށް ގޮސްފައިވަނީ މިފަދަ ގޮތަކަށެވެ. ފިތުރު އީދޫ ދުވަސް އައި އިރު ކޮވިޑް އާ ގުޅިގެން މިސްކިްތަތއް ނުހުޅުވާތީ އީދު ނަމާދު ކުރީ ގޭގައި ތިބެގެންނެވެ.