މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރުމަށް ސަރުކާރާއެކު މަޝްވަރާ ކުރުމަށް ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ކަމުގައި ވީ ނަމަވެސް އެކަން ކުރައްވަން ތައްޔާރު ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ގައުމުގެ ހާލަތާމެދު ކަންބޮޑުވެގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށް އެޕޮއިންޓްމަންޓަކަށް އެދި އިދިކޮޅުން ސިޓީއާއި އެސްއެމްއެސް ފޮނުވުމުގެ އިތުރު ފޯނު ކުރާތާ ވެސް 3 މަސް ދުވަސް ވެއްޖެ ކަމަށެވެ. އަދި ރައީސާ ބައްދަލު ކުރައްވަން ބޭނުންވެ ވަޑައިގަންނަވަނީ ގައުމުގެ މިނިވަންކަން ކޮމްޕްރޮމައިޒްވާ ކަންތައްތަކެއް ހިނގަމުންދާތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިނިވަން ދުވަހު ރައީސްގެ ހިތްޕުޅަށް އެކަން އަރައި ވަޑައިގަތީމައި އުފާ ކުރައްވާ ކަމަށާއި، އިދިކޮޅުން ތިބީ މަޝްވަރާތަކަށް ތައްޔާރަށް ކަމަށެވެ. ރައީސް ސޯލިހް ވަނީ ބައެއް މީހުން މެދުވެރިކުރައްވާ އިދިކޮޅުން މަޝްވަރާއަކަށް ދާން ޖެހޭ ކަމަށްވާ ނަމަ ދާން ޖެހޭނީ ޖަލަށް ކަމަށް ވިދާޅުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ޖަލަށް ދާން ޖެހިވަޑައިގެންނެވިއަސް އެކަމަށް ތައްޔާރު ކަމަށާއި، މާފުށީ ޖަލުގައި މަޝްވަރާތައް ކުރިއަށް ގެންދާނަމަ މާފުށީ ޖަލަށް ވެސް ވަޑައިގަންނަވަން ތައްޔާރު ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި ވާއިރު، އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވަނީ އިދިކޮޅުން ސަރުކާރާއެކު މަޝްވަރާއަށް ދާންވީ ދެމަފިރިން ދަރިފުޅު ގޮވައިގެން މުލީއާގެ ދޮށަށް ސަލާން ޖަހަން ދިޔަ ގޮތަށްތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.އިދިކޮޅުން ސަރުކާރާއެކު މަޝްވަރާއަށް ދާންވީ ދެމަފިރިން ދަރިފުޅު ގޮވައިގެން މުލީއާގެ ދޮށަށް ސަލާން ޖަހަން ދިޔަ ގޮތަށްތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ. އިދިކޮޅުން ސަރުކާރާއެކު މަޝްވަރާއަށް ދާންވީ ދެމަފިރިން ދަރިފުޅު ގޮވައިގެން މުލީއާގެ ދޮށަށް ސަލާން ޖަހަން ދިޔަ ގޮތަށްތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.

މަލްޓި ޕާޓީ ޑިމޮކްރެސީއެއްގެ ތެރެއިން، ގައުމު އާރާސްތުކުރަމުން ގެންދަވާނީ، ސިޔާސީ ވާދަވެރިންގެ އަޑުވެސް އައްސަވައިގެން ކަމަށާއި ގާނޫނުއަސާސީ ވެސް ބިނާވެފައި އޮތީ، ތަފާތު ހިޔާލުތަކާ އެކުގައި އެންމެންގެ ބައިވެރިވުން ޝާމިލުވާގޮތަށް، ގައުމުގެ ކަންކަން ހިންގުމުގެ މައްޗަށް ކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު އެހެން ވިދާޅުވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހް ވިދާޅުވީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން، އެންމެން އެއްބަސްވާންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. އަދި ކޮންމެ ކަމަކީ، ސިޔާސީ ވާދަވެރިކަމުގައި ބައިބައިވުމަށް ފުރުސަތު ދެވޭ ކަމަކަށް ހެދުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ސަބަބުން ގެއްލުން ލިބެމުންދަނީ، ހުރިހާ ރައްޔިތުންނަށް، އަދި މުޅި ގައުމަށް ކަމަށާއި ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަންކަމުގައި، ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އެގޮތުން އެބޭފުޅުންގެ ހިޔާލާއި މަޝްވަރާއަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.