މިއަދު 67 މީހުން ކޮވިޑް އަށް ޕޮޒިޓިވް ވި އިރު 43 މީހުންނަކީ ދިވެހިންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ގެ ތަފށް ހިސާބުތައް ދައްކާ ގޮތުން، މިއަދު ޕޮޒިޓިވް ވެފައި ވާ 67 މީހުންގެ ތެރޭގައި 43 ދިވެހިން ހިމެނޭ އިރު، ބަންގްލަދޭޝްގެ 14 މީހަކާއި އިންޑިއާގެ 6 މީހަކާއި އިންޑޮނޭޝިއާގެ 3 މީހެއްގެ އިތުރުން ދެން ހިމެނެނީ އެމެރިކާ މީހެކެވެ.

މިއަދު ޕޮޒިޓިވް ވި މީހުންނާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމަލަ އަދަދު ވަނީ 3369 އަށް އަރާފައެވެ. ރާއްޖެއިން މިއަދު ރަނގަޅުވެފައި ވަނީ 13 މީހުންނެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 602 މީހުން ތިބި އިރު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބި މީހުންގެ އަދަދު 792 އަށް އަރައިފިއެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.