އެމެރިކާގެ ޓީވީ ޝޯތަކަށް އިންގިލާބީ ބަދަލެއް ގެނެސްދިން މަޝްހޫރު ޓޯކް ޝޯ އަދި ގޭމް ޝޯ ހޮސްޓް ރީޖަސް ފިލްބަން މަރުވެއްޖެއެވެ.

ޓީވީ ޝޯތަކުގެ ސަގާފަތަށް އިންގިލާބީ ބަދަލެއް ގެނައި "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ" ތައާރަފުކޮށްދިން ހޮސްޓް ފިލްބަން މަރުވީ، ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް އޭނާގެ އާއިލާއިން އާންމު ކުރި ބަޔާނުގައިވެއެވެ. ނަމަވެސް އޭނާ މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

60 އަށްވުރެ ގިނަ އަހަރު ޓީވީ ޝަހްސެއްގެ ގޮތުގައި ހިދުމަތްކުރި ފިލްބަން އާންމުންގެ ތެރެއަށް މަޝްހޫރު ވެގެންދިޔައީ 1988 ވަނަ އަހަރު، އޭބީސީގެ ސުޕާސްޓާރުގެ ގޮތުގައި، އޭނާގެ ޓޯކް ޝޯއިންނެވެ. މީގެ އިތުރުން ފިލްބަން ވަނީ 5 ފޮތެއް ލިޔެ، ގިނަ ފިލްމުތަކެއްގައިވެސް މަސައްކަތް ކޮށްފައެވެ.

ޓީވީ ޝޯތަކަށް އިންގިލާބީ ބަދަލެއް ގެނެސްދިން ހޮސްޓް ރީޖަސް ފިލްބަން/ފޮޓޯ: އެންވައިޓީ

އޭނާގެ ކެރިއާ ރަސްމީކޮށް ނިންމާލުމާ ހިސާބަށް އައިއިރު ފިލްބަންގެ މިލްކިއްޔާތުގެ އަގު 150 މިލިއަން ޑޮލަރަށް އަރާ ކަމަށް ފޯބްޒްގެ ރެކޯޑްތަކުން ދައްކައެވެ. ފިލްބަން ވަނީ ޓީވީ މެދުވެރިކޮށް އެންމެ ގިނަ ބަޔަކު އެ ޝަހްސެއް ބެލި މީހާގެ ދުނިޔޭގެ ރެކޯޑްވެސް ހާސިލުކޮށްފައެވެ. ފިލްބަންގެ އެއާޓައިމް ވަގުތަކީ ގާތްގަނޑަކަށް 17000 ގަޑިއިރެވެ. އެއީ ގާތްގަނޑަކަށް 2 ރޭ 2 ދުވާ ކަމަށް ވާއިރު، މީގެ ކުރިން މި ރެކޯޑް އޮތް ހިއު ޑައުންސްވެސް ވަނީ މިމަހު މި ދުނިޔެއާއި ވަކިވެފައެވެ.