މާލެއިން ފުރައިގެން ހއ. އިހަވަންދުއަށް ދަތުރު ކުރި ދޯންޏެއްގައި ތިބި އެންމެން ކަރަންޓީން ކުރި އިރު އެ ދޯނީގައި ދަތުރު ކުރި އެކަކު ދޫކޮށްލި މައްސަލައެއް ފންމަތިވެއްޖެއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެ ދޯނީގައި ދަތުރު ކުރި ފަރާތެއް ބުނީ، މާލެއިން ފުރައިގެން ގޮސް އިހަވަންދުއަށް މިދިޔަ ބުރާސްފަތު ދުވަހު ލެފި ދޯނީގައި ތިބި އެންމެން ވެސް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ދޯނިން ދަތުރު ކުރި އެކަކު އެއް ދުވަހު ކަރަންޓީންގައި ބެހެއްޓުމަށް ފަހު ދޫކޮށްލައިފައި ވާ ކަމަށް މައުލޫމާތު ދެމުން އެފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ދޯނި ޅ. ނައިފަރާ ގާތްކޮށް އެރަށުން މީހަކު އެ ދޯންޏަށް އެރި ކަމަށާއި އެ މީހުންނާއެކު ގިނަ ވަގުތުތަކެއް އެމީހާ ހޭދަކޮށްފައިވާ ކަމަށް ކަރަންޓީންގައި ހުރި ފަރާތުން ބުނެއެވެ. އެހެންކަމުން އެމީހާ ކަރަންޓީން އިން ދޫކޮށްލަން ޖެހުނު ސަބަބު އޮޅުން ނުފިލާ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެއެވެ.
ހަމައެއާއެކު އެ ދޯނިން ދިޔަ މީހުން ކަރަންޓީން ކުރި އިރު ހުކުރުދުވަހާއި ހޮނިހިރު ދުވަހު އިހަވަންދުއަށް ލެފި ދޯނި ފަހަރުގައި ތިބި މީހުން ކަރަންޓީން ނުކުރި ކަމުގެ ޝަކުވާވެސް އޭނާ ހިއްސާކުރިއެވެ. އެ ދޯނި ފަހަރަކީވެސް މާލެއިން ފުރި ދޯނި ފަހަރު ކަމަށާއި އެ ދޯނިތަކުން ވެސް ފައިސާ ހޯދަން މާލޭގައި ހުންނަ އޮފީހަށް ގޮސްފައިވާ ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ކަމާބެހޭ ފަރާތުން ސުވާލުކުރަން ގުޅުމުން ދޯނީގެ ކައްޕި ދޮގު މައުލޫމާތު ދީފި ނަމަ އެއްވެސް މީހަކު ކަރަންޓީން ނުކޮށް ދޫކޮށްލަފާނެ ކަމަށާއި އެއީ ވަރަށް ދެރަ މައްސަލައެއް ކަމަށް އޭނާ ބުނެއެވެ.
މިކަމާ ގުޅިގެން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ، ރަށަށް އަންނަ ފަރާތްތައް ކަރަންޓީން ކުރަނީ އެޗްޕީއޭއިން ކަނޑައަޅާފައިވާ ގަވާއިދާ އެއްގޮތަށް ކަމަށާއި، މާލެއަށް ފައިބާފައިވާ ބަޔަކު ރަށަށް އެނބުރި އައުމުން ކަރަންޓީންގައި މަޑު ކުރަން ޖެހޭނެ ކަމަށެވެ. މިދިޔަ ދެ ދުވަސްތެރޭ ކަރަންޓީން ނުކޮށް ދޫކޮށްލާފައިވާ ފަރާތްތަކަކީ މާލެއަށް ނުފައިބެ ފައިސާގެ ކަންކަން ނިންމާފައިވާ ދޯނި ފަހަަރު ކަމަށް އޭނާ ބުނެއެވެ.
ނަމަވެސް "ދް ޕްރެސް" އާ ވާހަކަ ދެއްކި ފަރާތުން ބުނީ، މިއަދާއި މިރޭ އެރަށަށް ދިޔަ ދޯނިތަކުގެ ތެރެއިން ދޯނީގައި މާލެގައި ހުންނަ އޮފީހަށް ފައިސާ ބަލާ ދިޔަތަން އޭނާ ދުށް މީހުން ތިބި ކަމަށެވެ. އެމީހުންގެ ނަންތައް އޭނާ ހާމަ ކޮށްފައި ނުވި ނަމަވެސް، އޭނާގެ ކަންބޮޑުވުމަކީ ރަށުގައި ތިބި އަނބިދަރިންނާއި ރައްޔިތުންނަށްޓަކައި އެންމެނާމެދު ވެސް އެއްގޮތަކަށް އަމަލު ނުކުރުމެވެ. އެގޮތުން މާލެއަށް ފައިބާ ފައިސާ ނަގައިގެން ރަށަށް ދިޔަ މީހުންވެސް ކަރަންޓީނު ނުކުރާކަމަށް އޭނާ ބުންޏެވެ.
ހަމައެއާއެކު ނައިފަރުން އެ ރަށަށް ދިޔަ މީހާ ކަރަންޓީނުން ދޫކޮށްލުމުގައި ވެސް އަމަލުކޮށްފައި ވާނީ އެޗްޕީއޭއިން ކަނޑައަޅާއިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އެޗްޕީއޭއިން ދޫކޮށްލަން އަންގާފައިވާ މީހުން ދޫކޮށްލާފައި ވާ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. އަދި ނައިފަރުން އެ ރަށަށް ދިޔަ ފަރާތް ވަނީ އެއްދުވަހު ކަރަންޓީންގައި ބެހެއްޓުމަށް ފަހު ދޫކޮށްލާފައި ކަމަށާއި އެ ފަރާތަށް ގެއިން ނުކުމެ ނޫޅުމަށް ނަސޭހަތްތެރިވެފައި ވާނެ ކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރެފައިވާ ގައިޑަލްއިންގައި ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދަށް އަންނަ ދޯނި ފަހަރުން މީހަކު މާލެ ތެރެއަށް ފައިބެ ރަށުތެރޭ އުޅެފައިވާ ނަަމަ އެ ދޯނި އަނބުރާ ރަށަށް ދިއުމަށް ފަހު ކަރަންޓީން ވާން ޖެހެއެވެ. ނަމަވެސް ކޮވިޑް ނެތް ރަށަކުން ދަތުރު ފަތުރު ކުރާ ފަރާތެއް ނަަމަ ކަރަންޓީން ވާން ނުޖެހެއެވެ.
ޙޯރަފުށި ރަސްމަގު ބޯޓުން ވަނީ މިފް ކޯ ހަސަން ފުއާދު( މުއްޒަފަ ކު )މާލެއިން ކަޑުއޮށްގިރިއަށް ގޮސް ކުޑަޑިންގީއެއްގަ ބޯޓަށް އަރާ ހޯރަފުޓަށްގޮސްފަ.މީނާ ރަށުތެރޭގަ އެތަށްމިތާގަ އެބައުޅޭ.މި ކަމަށްމަށް ފިޔަވަޅެއް ނާޅަ.
ކައުންސިލް ރައީސް މުހައްމަދު ރަޝީދު