އެސެޓް ރިކަވަރީ ކޮމިޝަނަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނުފޯރާ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.
މިއަދު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެއްވެސް ބައެއްގެ ނުފޫޒު ފޯރުވޭނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ނުފޫޒު ފޯރުވުމުގެ އެއްވެސް ފުރުސަތެއް އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ނުދޭނެ ކަމަށްވެސް އައްސަދު ވިދާޅުވިއެވެ.
"ކޮމިޝަނަށް މިހާތަނަށް އެއްވެސް ބައެއްގެ ނުފޫޒު ފޯރުކޮށްފައެއް ނެތް. އެފަދަ މަސައްކަތެއްވެސް ކުރިކަން އެނގިގައެއް ނެތް" އަސްއަދު
އެ މައްސަލައިގައި ވާހަކަ ދައްކަވަމުން އައްސަދު ވިދާޅުވީ ދައުލަތައް ލިބެންޖެހޭ 4 ބިލިއަން ރުފިޔާގެ ތެރެއިން ދެބައިކުޅައެއްބައި ނުލިބޭ ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް 37 ރަށާއި 12 ފަޅު ދޫކޮށްފައި ވަނީ ގާނޫނާ ހިލާފަށް ނުއަގުގައި ކަމަށާއި ފަޅުތައް ނުހިމަނައި، ރަށްތަކުގެ އަގުތަކަށް ބަލާއިރު 3.4 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށާއި ފަޅުތައް އަގުކުރާނެ ވަކި ގޮތެއް ކަނޑައެޅިފައި ނެތަސް އޭގެ އަގު ހިމަނައިފި ނަމަ ދައުލަތަށް ވަންނަން ޖެހޭ ވަރު ހަތަރު ބިލިއަނަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އައްސަދު ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުން ފައިސާ އަކީ ނުއަގުގައި އެ ރަށްތައް ވިއްކައިގެން ލިބުނު އަދަދު ކަމަށާއި އެ ހިޔާނާތުގެ ތެރެއިން ދައުލަތަށް ލިބުނު ހަގީގީ ފައިސާގެ ގެއްލުން އެތައް ގުނައެއް އިތުރުވާނެކަމަށެވެ.
މިހާރުތިތަޅާ އަނގަޔަކީ އިންޑިއާ ރާއްޖެއަށް ވެރިވެގަތް ވާހަކަދައްކާތީ އެވާހަކަ އޮއްބާލަން ޖަހާމަޅިއެއް ދެންދައްކާނީ ކޮންމެވެސް ހަރުކަށިފިކުރެއްގެ ވާހަކައެއް އޭގެފަހުގަ ބޮމާ ގޮވާތަކެތީގެ އޮޕަރޭޝަނެއް ހީނުކުރާތި ދިވެހިން ދިވެހިރާއްޖެ ދެކެ ލޯބިނުވެޔޭ