އޮޑިޓާ ޖެނަރަލަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ދީބާޖާ ކުންފުނިން ގޮވާލައިފިއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އެ ކުންފުންޏާ އެކު މި އަހަރުގެ ފެބްރުއަރީ އެކެއްގައި ސަރުކާރުން ހެދި އުތުރު ޕްރޮވިންސްގެ ފެރީ ދަތުރުފަތުރުގެ އެއްބަސްވުން ޓްރާންސްޕޯޓް މިނިސްޓްރީން 2013 ވަނަ އަހަރުގެ މެއި މަހުގެ 30 ގައި ބާތިލް ކޮށްފައި ވަނީ ދީބާޖާއިން އެއްބަސްވުމާ އެއްގޮތަށް ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ނުދޭތީ ކަމަށެވެ.
ދީބާޖާ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އުތުރު ޕްރޮވިންސްގެ ފެރީގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ ކުންފުނީގެ އެއްބަސްވުން ބާތިލުކުރުމުން ބަދަލުގެ ގޮތުގައި އެކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދޭން ވިދާޅުވުމަކީ، ކޯޓުގެ ހުކުމަށް އޮޑިޓާ ޖެނަރަލް ގޮންޖެހުން ކަމަށެވެ.
އޮޑިޓާ ޖެނަރަލް އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކިކުރުމަކީ ދިވެހި ރައްޔިތުންނަށް ވާޖިބުކަމެއް ކަމަށާއި އަދި ރިޕޯޓުގައި ހަގީގަތާއި ހިލާފަށް އޮޑިޓާ ޖެނަރަލް ފާހަގަކޮށްފައިވާ ކަންކަމާއި ގުޅިގެން އޮޑިޓާ ޖެނަރަލްގެ އަހުލިއްޔަތުލް އަދާ ގެއްލިފައިވާކަމަށް ކަނޑައަޅައި ދިނުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައެޅުމަށް ދީބާޖާގެ ފަރާތުން ވިސްނާ ވާހަކަ އޮޑިޓާ ޖެނަރަލަށް އަންގާ ކަމަށް ދީބާޖާއިން ބުނެއެވެ.
ދީބާޖާ ނޫން އެހެނިހެން ކުންފުނިތަކަށް ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ދޫކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް މެންބަރުންނާ ގުޅިގެން އޮޑިޓާ ޖެނަރަލް ހަނު ހުންނެވިކަމަށް ދީބާޖާއިން ބުނެއެވެ. އަދި މަޖިލީހުގެ އެ މެންބަރުންނަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތުކުރެވޭ މެންބަރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން އާއިލީ އަދި ރަހިމުގެ ގުޅުން އޮތް މީހަކު ގަނެފައިވާ ގޯއްޗެއްގެ މިލްކުވެރިކަން ބަދަލުނުކުރެވޭ ގޮތަށް ފިޔަވަޅު އެޅުމަށް އަންގައި އަދި ހުޅުމާލޭގައި އޮތް އެ ގޯތި ކޮއްކޮއަކު ވިއްކާލި އިރުވެސް، އޮޑިޓާރ ޖެނަރަލްގެ މަގާމުގައި ހުންނަވައި ހަސަން ޒިޔަތު އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށް ދީބާޖާއިން ބުނެއެވެ.
ދީބާޖާއަކީ ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ކުރުމަށް އެއްބަސްވުމެއްގެ ދަށުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުންޏެވެ. ނަމަވެސް 2013ވަނަ އަހަރު އެ ކުންފުންޏާއި އެކުގައި ހަދާފައިވާ އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އުވާލާފައެވެ. އަދި އެ އެއްބަސްވުން އުވާލާފައި ވަނީ ޓްރާންސްޕޯޓު މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ނުކޮށެވެ.
އެ އެއްބަސްވުން އުވާލީ ދީބާޖާ ކުންފުނިން އެއްބަސްވުމާއި ހިލާފުވެފައިވާ ކަމަށްބުނެއެވެ. އެ މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.
ނަމަވެސް ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ފަހުން އެޓާނީ ޖެނެރަލް ވަނީ ހުކުމް އަލުން ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
އޮޑިޓަރޖެނެރަލް ބަދަލުދޭން ފެންނަނީ އޮޑިޓަރޖެނެރަލްއަށް ބަދަލުގެ ގޮތުގައި ބަދަލުލިބެންޖެހޭފަރާތަށް ފައިސާލިބޭތާ ހަފުތާއެއްތެރޭގައި އެފައިސާގެ ތެރެއިން 1/3 ފައިސާ ދޭނެކަމަށް އެއްބަސްވުމުން. އޮޑިޓަރޖެނެރަލް ހުންނެވީކޮންތާކުތޯ މީގެކުރިން މިދިންހާ ބަދަލުތައް ދިންއިރު. ހަމަސަރުކާރުން ބަދަލު ދޭންޖެހުނީ. މަންދުކޮލެޖަށް ބަދަލުގެ ގޮތުގައި ފައިސާދޭން މިހާރުއޮތް ޖުޑިޝަރީސިސްޓަމްތެރެއިން ނިއްމެވިއިރު އޮޑިޓަރޖެނެރަލް އާލާސް ކަމާއިއެކު ގޭގައި އިންނެވީތޯ. ބޭރުގެ ކުންފުނިތަކަށް ބަދަލުގެ ގޮތުގައި ފައިސާދޭން ސަރުކާރަށްޖެއި އެފައިސާ ދިންއިރުގައި އޮޑިޓަރޖެނެރަލް އަވަހާރަފުޅު ލައްޕަވާފައިތޯ އޮންނެވީ؟ އޮޑިޓަރޖެނެރަލަށް ބައެއްއަޅާކަމަށްވާނަމަ ބަދަލު ލިބެންޖެހޭނެ. ތިއޮފީހަކީ އެއްގޮތަކަށްވެސް ބަހައްޓާން ހެޔޮވާވަރުގެ ތަނެއްނޫން. ނަޝިއްކޮ ނިކަން ބައްލަވާ އޮޑިޓަރޖެނެރަލް އޮފީސްގެ ތެރޭ ތިއްބެވި ހުރިހާ ބޮޑީއެއް ބަދަލުކުރަންޖެހޭ. މިބައިމީހުން މިވަނީ ރަގަޅަށް އިދިކޮޅާ ގުޅިވަޑައިގެންފައި.
ދެން މިހާރު އަތްދަށު ނުލެވިއޮތް އޮފީހަކީ އޯޑިޓް އޮފީސް ތާދޯ. އެހެންވީމާ އެތަނުން އޮޑިޓަރ ޖެނެރަލް ބޭރުކޮށްފަ ރީނދޫ ޕަޕެޓެއް އެތަނަށް ލައިގެންވެސް ދީބާޖާ އަށް ދައުލަތް ފެލައިގެން ލާރި ދޭންޖެހޭނެ.