މާދަމާއިން ފެށިގެން ގަވައިދާ ހިލާފަށް ޕާކް ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ނިއު ނޯމަލްއަށް ބަދަލުވެފައި ވާތީ، ގަވައިދާ ހިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތަކަށް މާދަމާއިން ފެށިގެން ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

އެގޮތުން ފިޔަވަޅު އަޅާނެ ތަންތަނުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތަންތަނަކީ:

  • މިސްކިތްތައް ކައިރި
  • ކަފި ހުރަސް
  • އަރިމަތީ ދެ ރޮނގު ދަމާފައިވާ ދަރަހައްދަު
  • ގޯޅި ތަކުގެ ކަންމަތި
  • ސްކޫލްތައް ކައިރި
  • ހޮސްޕިޓަލްތައް ކައިރި
  • ބެންކް ތައް ކައިރި
  • ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާފައިވާ ސަރަހައްދަު
  • ފުލުހުންގެ ކޯން/ ބެރިކޭޓް ބެހެއްޓިފައިވާ ސަރަހައްދަު
  • ހާއްސަ ޒޯންތައް

ވެހިލްތަކުގައި ސްޓިކާ ޖަހައިގެން ސަރުކާރުން އާމްދަނީ ހޯދާ ވާހަކައަކީ އާންމުކޮށް ފަހަކަށް އައިސް ދެކެވެމުންދާ ވާހަކައެކެވެ. އެގޮތުން ނިމިގެން ދިޔަ 2019 ވަނަ އަހަރު ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން 36963 ޕާކިން ވައެލޭޝަން ސްޓިކާ ވަނީ ޖަހާފައެވެ. ސްޓިކާގެ މައްސަލައާ ގުޅިގެން ފުލުހުންނާއި ސަރުކާރަށް ވަނީ އާންމުންގެ ފާޑުކިއުންވެސް އަމާޒުވެފައެވެ.

މި ސަރުކާރުން ޕާކް ކުރާނެ ޖާގަ ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެ، 36963 ސްޓިިކާ ޖަހާފައި ވާއިރު، ބައެއް ފަރާތްތަކުން ދަނީ ސްޓިކާ ޖެހުމަކީ އިގްތިސޯދުގެ "މައި ލޭ ނާރު" ކަމުގައި ސިފަކުރަމުންނެވެ. ކޮވިޑް-19އާ ގުޅިގެން ސްޓިކާ ޖެހުން ހުއްޓިފައި އޮތް ނަމަވެސް އަނެއްކާ މި ވަނީ ފުލުހުން ގަވައިދަށް އަމަލު ކުރަން ފަށަނެ ކަމަށް ބުނެފައެވެ.