ކެފޭ/ރެސްޓޯރެންޓްތަކުގައި ނިއު ނޯމަލްގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރި ނަމަވެސް އެ އުސޫލު މިހާރު ބަދަލުކޮށް ހުއްދަ ދީފައިވާ ކަމަށް، ހެލްތް ޕްރޮޓެެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭން އިސްލާހުކޮށް މިދިޔަ މަހުގެ 27 ގައި އާންމު ކުރި އިސްލާހީ އުސޫލުގައި ބުނީ ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރާއިރު، އެހެން މީހުންނަށް ދުން ނުފޯރާވަރުގެ ދުރުމިނެއްގައި ތިބެ ދުންފަތުގެ އިސްތިމާލް ކުރެވޭނެ ކަމަށާ އެ އުސޫލުގެ ދަށުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ އެޗްޕީއޭ އިން ކުރިން ދީފައިވާ ތަންތަނުގައިި އެކަން ކުރުމަކީ މަނާކަމެއް ނޫން ކަމަށެވެ. ނަމަވެސް ޝީޝާ ބުއިން އަދިވެސް އެ ތަންތަނުގައި މަނާ ކަމަށް އެޗްޕީއޭން ބުނެއެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން "ނިއު ނޯމަލް" ގައި އަމަލުކުރަން ޖެހޭ އުސޫލު އެޗްޕީއޭ އިން މިދިޔަ މަހުގެ 20 ގައި އާންމު ކުރި އިރު އެ އުސޫލުގައި ބުނެފައި ވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ އާއި ވޭޕާއި އީ-ސިނގިރެޓު ވެސް ހިމެނޭ ގޮތަށް، ދުންފަތުގެ އިސްތިއުމާލު ކުރުން "ނިއު ނޯމަލް"ގެ ދުވަސްވަރު މަނާ ކަމަށެވެ.
ކެފޭ/ރެސްޓޯރެންޓް ތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އެޗްޕީއޭ އިން ފުރަތަމަ ނިންމުމުން ގިނަ ބަޔަކު ވަނީ އެކަމަށް ތާއީދު ކުކޮށްފައެވެ.
މާލެ ސަރަހައްދުގެ ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވުމުގެ ހުއްދަ މި މަހު 1 އިން ފެށިގެން ދީ އަދި މިހާރު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރަން ހުއްދަ ދީފައި ވާއިރު މީގެ ކުރިންވެސް ގިނަ މީހުން އެފަދަ ތަންތަނުގައި އެއްވެ ތިބެ ދުންފަތުގެ އިސްތިއުމާލު ކޮށް އުޅެއެވެ.
މައަދި އުޅުނީ ކެފޭއަކަށް ޖައްސާލަން. ދެން ނުދާނަން. ގައްޑާ ދިވެހިން މޫނަށް ދުންބުރުވާނީ. ނިމުނީ ގޭގަ ކޮފީ ބޯލާނީ
މީ ކޮންވައްތަރު މީހުން ހުންނަނީ. ބޯހުންނަނީ ކޮންތާ ކު؟ ވައް ކަން ކުރެވެނީ މީހުންނަށް ނުފެންނަނީ އޯ ކޭ. ރާބޮވެނީ ތަށި ހިފައިގެން މޫދަށް އެރުނީމަ ބޮވެނީ. ރޭޕް ކުރެވެނީ ރޯޔަލް ފެމެލީވީމަ މައްސަލަ ނުހުންނަނީ.