ކެފޭ ރެސްޓޯރެންޓްތަކުގައި އާންމުން ކައިބޮއެ ހެދުމަށް މާދަމާއިން ފެށިގެން ހުޅުވާލަން ނިންމާފައިފިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނިއު ނޯމަލްގެ ދަށުން މާދަމާ އަލުން ކެފޭ ރެސްޓޯރެންޓްތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
ލޮކްޑައުން އަށް ލުއި ދިނުމުގެ ގޮތުން އާ އާންމު ހާލަތުގައި ކެފޭ އަދި ރެސްޓޯރަންޓް ތަކާއި ޓޭކްއަވޭގެ ހިދުމަތް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމާއެކު ހުޅުވާލެވޭނެ ކަމަށް މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އިއުލާން ކޮށްފައެވެ.
ނަމަވެސް ގިނައިން މީހުން އެއްވާ ތަންތަނުގައި ކަނޑައެޅިފައިވާ މިންގަނޑުތަކުގައި ގައިދުރުކަން އިސްކޮށް މާސްކުފަދަ އަޅައިގެން ތިބުމަކީ އިސްކަން ދޭންޖެހޭނެ ކަމެއް ކަމަށާއި ފިހާރަތަކަށް ވެސް އެންމެ ގިނައިން ވަދެވޭނެ މީހުންގެ އަދަދު ފާހަގަކޮށް، ގައިދުރުކަން ބެހެއްޓޭނެ ގޮތައް ފާހަގަތައް ޖަހާފައި ބަހައްޓަން ޖެހޭނެ ކަމަށް އެޗްޕީއޭން ބުނެއެވެ.
ކޮވިޑް-19ގެ ސަބަބުން ކެފޭ ރެސްޓޯރަންޓްތަކުން ހިދުމަތް ދިނުން މެދުކަނޑާލާ، ހަމައެކަނި ޑެލިވަރީ ހިދުމަތް ދިނުމަށް އެޗްޕީއޭން އަންގާފައި ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
ކެފޭ ރެސްޓޯރަންޓް ހުޅުވާލަން ހުއްދަ ދިނުމަކީ މިވަގުތު ޢާމްދަނީއިން މަޙްރޫމުވެފައި ތިބި އެތައްބައެއް އުފާވާނެކަމެއް! ގައިދުރުކަން ހުންނަވަރުގެ ތަންތަން މަދުވާނެ. އެހެންނަމަވެސް ޑެލިވެރީއާއި ޓޭކްއަވޭގައި ލޮކްޑައުންތެރޭ ގައިދުރުކަމަށް އިސްކަންދެވުނު މިންވަރަކީ އެތެރޭގައި ޖާގަނެތް ރެސްޓޯރަންޓް ތަކުން މަގުމަތީގެ އެއްއަރިމަތީ އޮންނަދުވާރު ކުރިމަތި ވީ ރެސްޓޯރަންޓް އެތެރޭގައި ދެމުން އައި ޚިދުމަތް ދޭތަނަކަށް. މިމަންޒަރު ކަމާއިބެހޭ އިދާރާތަކަށް ފެނިފައިވީ ނަމަވެސް އެފަދަ ތަންތަނާއިމެދު ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވޭ. ހުޅުމާލެއާއި ގުޅިފައިވާ ލިންކްރޯޑްގެ ނިވްޕޮޓް އެރިއާ ކުރިމަތިވެސް ވީ މިފަދަ ތަނަކަށް އެތަނުގައިވެސް ނަމުގައި އޮތީ ޓޭކްއަވޭ އެހެންނަމަވެސް ޓޭކްއަވޭދަނީ ދުވާރާހަމަޔަށް ޓޭކްއަވޭގައި ގަންނަ ކާބޯތަކެތި ހިންދާލަނީ ޓޭކްއަވޭ ކުރިމަތީ ތޮއްޖެހިގެން ތިބެ. އަނދިރިނޫން ދެލޮލެއްވިއްޔާމު މިމަންޒަރު ފެންނަންޖެހޭ! އެހެންނަމެވެސް ބާރަށް ކުރިޔަށް ޚަބޭސް.