އާސަންދައިގެ ދަށުން 37 މީހަކު އިންޑިއާއަށް 29ވާ ހޯމަ ދުވަހު ފުރާނެ ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ފަހުގެ މައުލޫމާތު ދިނުމަށް ބައްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ކަމަށް ބުނެފައިވާ 37 މީހުން ފުރުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާއި އަންނަ ހޯމަ ދުވަހު އެމީހުން ފުރާނެ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭސް ނުކުރެވޭ ފަދަ ބަލިތަކަށް ބޭސް ކުރަމުންދާ ފަރާތްތައް ކަމަށެވެ.
ގިނައިން ހިމެނެނީ ކެންސަރު ބައްޔަށް ބޭސްކުރަމުން ދާ މީހުން ކަމަށެވެ. އޭގެ އިތުރުން އިތުރު 51 މީހަކު މީހަކު ފަހުން ރަޖިސްޓާ ވެފައިވާ ކަމަށާއި އެ މީހުންވެސް ބޭރައް ފޮނުވުމުގެ އިންތިޒާމް ތަކާއި މަސައްކަތްތައް ފޮރިން މިނިސްޓަރީން ކުރަމުންދާ ކަމަށެވެ.
އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކެންސަރަށް ފަރުވާކުރަމުންދާ މީހުންނެވެ.
އާސަންދައިގެ ދަށުންއިތުރު 51 މީހަކު ރާއްޖެއިން ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާއިރު، ކޮވިޑް-19ގެ ސަބަބުން ގިނަ ގައުމުތައް ވަނީ ލޮކްޑައުންގެ ހާލަތުގައެވެ. އެހެންކަމުން ރާއްޖެއިން ނުލިބޭ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުން ގަވައިދުން ފަރުވާ ހޯދަމުން އަންނަ ފަރަތްތަކަށް އެ ފަރުވާ ހޯދުމުގައި ވަނީ އުނދަގޫތަކެއް ކުރިމަތިވެފައެވެ. ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ނުދެވުނު ނަމަވެސް، ބޭރުން ގެންނަން ޖެހޭ ބޭސްތައް ރާއްޖެ ގެނެސްގެން ގިނަ ފަރާތްތަކުން ދަނީ ބޭނުން ކުރަމުންނެވެ.