ކޮވިޑް-10ގެ މިހާލަތުގައިވެސް ސްޓޫޑަންޓް ލޯނާއި ހައި އެޗީވާސް ސްކޮލާޝިޕާއި އަދި ޕްރެޒިޑެންޝަލް އެވޯޑް ނުހުއްޓޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށާއި ނަމަވެސް ރާއްޖޭގެ ދަރިވަރުންނަށް ލިބިފައިވާ ހަޔާ އެޑިޔުކޭޝަން ޕްރޮގްރާމް ތަކާއި ކީ ޕްރޮގްރާމްތައްވެސް މެދުކެނޑުމެއް ނެތި ކުރިއަށް ދާނެ ކަމަށެވެ.

އެގޮތުން ސްޓޫޑަންޓް ލޯން ސްކީމާއި ހައި އެޗީވާސް ސްކޮލާޝިޕް އަދި ޕްރެޒިޑެންޝަލް އެވޯޑް (ރައީސް ދެއްވާ ސްކޮލާޝިޕް) މެދުނުކެނޑި ކުރިއަށް ދާނެ ކަމަށެވެ.

ރައީސް އެފަދައިން ވިދާޅުވެފައި ވާއިރު، ކޮވިޑް19އާ ގުޅިގެން ސަރުކާރުން ވަނީ މަތީ ތައުލީމަށް ކިޔެވުމަށް ލޯނު ނަގާފައިވާ ދަރިވަރުންނަށް ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ސްޓޫޑަންޓް ލޯން ދައްކަންޖެހޭ މުއްދަތު 6 މަސް ދުވަހަށް ފަސްކޮށްދީފައި ވެސް ވެއެވެ.