މި ކުޑަކުޑަ ދިވެހިރާއްޖޭގެ ކޮންމެ ހިސާބަކަށް ބަލާލި ކަމުގައި ވީ ނަމަވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވާހަކަ އަޑު ނާހާ މީހަކު ނުހުންނާނެއޭ ދެންނެވިދާނެއެވެ. އުމުރުން 3-4 އަހަރު ވެގެން އަންނަ ތުއްތު ކުއްޖާއަށްވެސް "ކޮވިޑް-19" ނަން އެނގެއެވެ. ރާއްޖެއާއި މާ ދުރުން ބްރެޒިލްގެ ބިޔަ އެމޭޒަން ޖަންގަލިތަކާ އެ ފަދަ ސަރަހައްދުގައި ދިރިއުޅެމުންދާ އެކަހެރި ގަބީލާތަކަށް ކޮވިޑް-19އަކީ މިއަދު ނުރައްކާ ބޮޑު އިންޒާރެކެވެ. ކަންމިހެން އޮތް ނަމަވެސް، އެގައުމުގެ އެތައް ސަތޭކަ ހާސް ބަޔަކަށް "ކޮވިޑް-19"އަކީ ބީރައްޓެހި ނަމަކަށް ވާ ބަޔަކު އުޅޭ ގައުމެއް، މި ދުނިޔޭގައި މިއަދުވެސް އެބައޮޔެވެ. އެއީ ކޮން ގައުމެއް ހެއްޔެވެ؟

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކޮވިޑް-19ގެ ނަންވެސް ކަންފަތަށް އިވިފައި ނުވާ މި މީހުން ދިރިއުޅެމުންދާ ގައުމަކީ މިޔަންމާއެވެ. މައިގަނޑު އެންމެ ބޮޑު އެއް ސަބަބަކީ، ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންދާ އެ ގައުމުގައި އިންޓެންޓް ހިދުމަތް މެދުކަނޑާލާފައި އޮންނަ އޮތުމެވެ. މިޔަންމާ މިހާލެއްގައި އޮންނަތާ މިހާރު އަހަރެއް ފާއިތުވީއެވެ.

މިޔަންމާގައި ރޯހިންޏާ މުސްލިމުން ދިރިއުޅުނު ކަމުގެ ނިޝާނެއްވެސް މިއަދު ނެތް/ފޮޓޯ: ބީބީސީ

މިޔަންމާގެ އަސްކަރިއްޔާއާއި ހަނގުރާމަވެރިންނާ ދެމެދު ހަމަނުޖެހުމާ ކުރިމަތިލުން ހިންގުމަށް ހިތްވަރު ދެނީ އިންޓެނެޓް ކަމަށް ބުނެ، ދުނިޔެއިން އެއް އިރެއްގައި ޑިމޮކްރަސީގެ ލީޑަރުގެ ގޮތުގައި ސިފަކުރަމުން މިޔަންމާގެ މިހާރު ލީޑަރު އާންގް ސަން ސޫޗީ، މިޔަންމާގެ 9 ސަރަހައްދަކުން އިންޓެނެޓް ކަނޑާލީ 2019 ވަނަ އަހަރުގެ ޖޫން މަހުއެވެ.

މި 9 ސަރަހައްދުގެ ތެރެއިން 1 ސަރަހައްދަށް އިންޓަނެޓްގެ ހިދުމަތް ދޫކުރީ މިދިޔަ މެއި މަހުއެވެ. ނަމަވެސް އަނެއް 8 ސަރަހައްދުގައި ދިރިއުޅޭ 800000 އެއްހާ މީހުން މިހާރުވެސް ތިބީ މައުލޫމާތުން އެކަހެރި ކުރެވިފައިވާ އަނދިރިކަމެއްގައެވެ.

ރާހީން ސްޓޭޓްގައި މިޔަންމާ އަސްކަރިއްޔާއިން ފޯރިމަރަނީ/ފޮޓޯ: އޭޕީ

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުން އަންނަ ޖަމިއްޔާތަކެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއާއި އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނީ، މި ފިޔަވަޅުގެ ސަބަބުން ނުރައްކާ އުފެދިގެން ދަނީ އިންސާނީ ހައްގުތައް ނުގުޅައި ގަތުމުގެ ރިޕޯޓްތައް ނުކުރެވޭތީ އެކަނި ނޫންކަމަށާ، ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅުންހުރި ކެމްޕޭންތަކުންވެސް އެ ސަރަހައްދުތަކުގެ މީހުން އެކަހެރި ކުރެވިފައިވާތީ ކަމަށެވެ.

މިޔަންމާގެ ސިއްހަތާ ބެހޭ ވުޒާރާއާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާތަނަށް މިޔަންމާއިން 64532 ސާމަޕަލެއް ކޮވިޑް-19އަށް ޓެއްޓު ކޮށްފައިވެއެވެ. މީގެ ތެރެއިން 292 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު، ކޮވިޑް-19 ޖެހިގެން މިޔަންމާއިން 6 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓްކުރެއެވެ.

ބަންގްލަދޭޝްގައި ތިބި މިޔަންމާގެ ރެފިއުޖީން އިންސާފު ހޯދުމަށް ގޮވާލަނީ/ފޮޓޯ: ބީބީސީ

'އެއްވެސް މީހަކު ބާކީ ނުކުރުމުގެ' ޝިއާރުގެ ދަށުން މިއަހަރުގެ ކުރީކޮޅު ސޫޗީ ހާއްސަ ކެމްޕޭނެއް ފެށި ކަމުގައި ވީ ނަމަވެސް އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިވާ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ރައްޔިތުން ވަނީ ބާކީ ކުރެވިފައެވެ. ސޯޝަލް މީޑިއާ އެޕްލިކެޝަންތަކާ، ސަރުކާރުގެ ވެބްސައިޓްތަކުން ފޯރުކޮށްދޭ މައުލޫމާތުވެސް މިމީހުންނަކަށް ނުލިބެއެވެ.

އިންޓަނެޓްގެ ހިދުމަތްތައް ކަނޑަލާފައިވާ އެއް ސަރަހައްދުން ގާނޫނު ހަދާ މަޖިލީހުގައި އިންނަވާ މެމްބަރު ހުތޫތު މެއި ވިދާޅުވީ، އޭނާގެ ދާއިރާގެ މީހުންނަށް ކޮވިޑް-19 އަކީ ކޮބައިކަން އެނގޭތޯ ބެލުމަށް މަސައްކަތް ކުރާއިރު، އެ ބަލިމަޑުކަމުގެ ފެށުމާ ހިސާބުން އެ ކަން ތައާރަފުކޮށްދޭން ޖެހޭ ކަމަށެވެ.

ކޮވިޑް-19ގެ ގަވައިދުތަކާ ހިލާފުވެގެން މިޔަންމާއިންވަނީ ބަޔަކު ހައްޔަރުވެސް ކޮށްފަ/ފޮޓޯ: ހިއުމަންރައިޓްސްވޮޗް

ޖިސްމާނީ ގައިދުރުކަމަކީ ކޮބާކަމާ، ރަނގަޅަށް އަތް ދޮންނާނެ ގޮތްވެސް ކިޔައިދޭން ޖެހެނީ މެމްބަރަށް ކަން މެއި ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން ދަތުރުކޮށް އުޅުމަކީ އޭނާއަށްވެސް މާ ރައްކާތެރި ކަމެއް ކަމުގައި ނުވުން، މައުލޫމާތު ފޯރުކޮށްދެވެނި ނިސްބަތުން މަދު ބަޔަކަށް ކަމަށްވެސް މެމްބަރު ވަނީ ފާހަގަކުރައްވާފައެވެ. ކޮވިޑް-19އަށް އެ ރައްޔިތުން ބިރު ނުގަންނަ ކަމަށާ، އެއީ ކިހާ ވަރެއްގެ ކޯއްޗެއްކަން އެމީހުންނަށް ނޭނގޭތީ ކަމަށާ، އެމީހުން މިހާރުވެސް އެންމެ ބިރު ގަންނަނީ ހަނގުރާމައިގެ ތަޅާފޮޅުންތައް ދެކެ ކަމަށްވެސް މެއި ވަނީ ފާހަގަކުރައްވާފައެވެ.

2017 ވަނަ އަހަރުގެ އޯގަސްޓް މަހުން މުސްލިމުންނާ ދެކޮލަށް މިޔަންމާގައި ގަތުލުޢާންމު ހިންގަން ފެށިފަހުން އެގައުމުގެ މަސްރަހަށް އަދިވެސް ހަމަޖެހުން އައިސްފައެއް ނުވެއެވެ. ކަންމިހެން އޮތްއިރު، މިއީ މިޔަންމާގައި އިންތިހާބެއްވެސް އޮންނަ އަހަރެކެވެ.