ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ 490 މީހަކު ފުރުވާލައިފިއެވެ.
އިމިގްރޭޝަނުން ބުނީ މިއަދު އިވެކުއޭޝަން ފްލައިޓުގައި އިންޑިއާގެ 198 މީހުންނާއި ކަނޑުމަގުން ސްރީލަންކާގެ 200 މީހުން ގައުމަށް ފުރުވާލާފައިވާ ކަމަށެވެ. ހަމައެއާއެކު އިއްޔެ އިންޑިއާގެ 339 މީހުން ވަނީ ގައުމަށް ފުރުވާވާލާފައި ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖެއަކީ ގިނަ ބިދޭސީންތަކެއް މަސައްކަތް ކުރަމުން އަންނަ ގައުމަކަށް ވީ އިރު ބިދޭސީ 3597 ބިދޭސީން ވަނީ ރަށަށް ފުރުވާލާފައެވެ. އޭގެތެރެއިން މިމަހު ބަންގްލަދޭޝްގެ 1065 މީހުން ވަނީ ފުރުވާލާފައެވެ. އެއީ:
- 2 ޖޫން - ބަންގްލަދޭޝް 200 މީހުން
- 3 ޖޫން - އިންޑިއާގެ 171 މީހުން
- 4 ޖޫން - އިންޑިއާގެ 171 އަދި ޔޫރަޕްގެ 29 މީހުން
- 5 ޖޫން - ބަންގްލަދޭޝް 200 އަދި އިންޑިއާގެ 700 މީހުން
- 6 ޖޫން - ބަންގްލަދޭޝް 265 މީހުން
- 14 ޖޫން - އިންޑިއާގެ 171 މީހުން
- 16 ޖޫން - ބަންގްލަދޭޝް 200، އިންޑިއާގެ 156 އަދި ނޭޕާލްގެ 149 މީހުން
- 19 ޖޫން - ބަންގްލަދޭޝް 200، އަދި ނޭޕާލްގެ 156 މީހުން
- 20 ޖޫން - އިންޑިއާގެ 339
- 21 ޖޫން - އިންޑިއާގެ 198 އަދި ސްރީލަންކާގެ 292 މީހުން
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޗާޓަރު ދަތުރުތައް ބައެއް ގައުމުތަކަށް ކުރަމުން ދާއިރު، އެކި ގައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް 1500 މީހުން އެ ގައުމަށް އަނބުރާ ފޮނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފަހުން ސަރުކާރުން ވަނީ ކުރިޔަށް އޮތް ތިން މަސް ތެރޭގައި ބަންގްލަދޭޝްގެ 5000 ރައްޔިތުން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެފައެވެ.