މަޝްހޫރު ފިލްމް ފްރެންޗައިޒް "ލޯޑް އޮފް ދަ ރިންގްސް"ގެ ފިލްމުތަކުގައި 'ބިލްބޯ ބެގިންސް' ގެ ރޯލުން ފެނިގެންދިޔަ ތަޖުރިބާކާރު ބަތޮލް އިއަން ހޯމް މަރުވެއްޖެއެވެ.

އޭނާގެ އޭޖެންޓް އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، އުމުރުން 88 އަހަރުގެ އިއަން ހޯމް މި ދުނިޔެއާއި ވަކިވީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އޭނާ މަރުވީ ހޮސްޕިޓަލުގައި ކަމަށްވެސް އޭޖެންޓްގެ ބަޔާނުގައިވެއެވެ.

އިއަން ހޯމްގެ ބައްޔާ ޕާކިންސަންސްއާ ގުޅުމެއް އޮތްކަންވެސް އޭޖެންޓް ވަނީ ކަށަވަރުކޮށްދީފައެވެ.

ބަފްޓާ އެވޯޑް ހާސިލުކޮށްފައިވާ އިއަން ހޯމް ވަނީ 1981 ވަނަ އަހަރުގެ ހިޓް "ޝެރިއަޓްސް އޮފް ފަޔާ" ގައި އޭނާ އަދާކުރި ރޯލުން އޮސްކާ އެވޯޑަށްވެސް ނޮމިނޭޓް ވެފައެވެ.