ވާހަކަ ދެއްކުމުގައި ކުޑަކުދިންގެ ހުންނަ އުނދަގޫތައް ދެނެގަންނަ ޕްރޮގްރާމެއް ސައިރިކްސް ކޮލެޖުން ފަށަން ނިންމައިފިއެވެ.
ސައިރިކްސް ކޮލެޖުން ބުނީ އެ ޕްރޮގްރާމް ކުރިޔަށް ގެންދާނީ ވީޑިއޯ ކޮންފަރެންސްކޮށް ކަމަށެވެ. އެ ޕްރޮގްރާމުގައި ސެޝަންތައް ބަހާލެވޭނީ ދެބަޔަކަށެވެ. އެއީ އާންމުކޮށް ވާހަކަ ދެއްކުމަށާއި ވާހަކަ ދެއްކުމުގައި ކުޑަކުދިންގެ ހުންނަ އުނދަގޫތައް ދެނެގަތުމެވެ.
ސައިރިކްސް ކޮލެޖުން ބުނީ އެ ޕްރޮގްރާމުގައި ފަސް އެޕިސޯޑެއް ހިމެނޭނެ ކަމަށެވެ. އެގޮތުން ހިމެނޭ އެޕިސޯޑްތައް؛
- ފުރަތަމް އެޕިސޯޑް: 0-9 މަސް
- ދެވަނަ އެޕިސޯޑް: 9 - 18 މަސް
- ތިންވަނަ އެޕިސޯޑް: ދޮޅުއަހަރާއި 3 އަހަރާ ދެމެދު
- ހަތަރުވަނަ އެޕިސޯޑް: 3-5 އަހަރު
- ފަސްވަނަ އެޕިސޯޑް: 6 އަހަރުން މަތި.
ފުރަތަމަ އެޕިސޯޑު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:30 ގައި ކަމަށްވެސް ސައިރިކްސް ކޮލެޖުން ބުންޏެވެ.
ސައިރިކްސް ކޮލެޖުން ބުނީ މި ޕްރޮގްރާމުތައް ނަގައި ދޭނީ ސްޕީޗު ލެންހުއޭޖު ޕެތޮލިޖިސްޓް އަދި ތެރަޕިސްޓު ޑރ. ފަރުޒާނާ ޝައުގީ ކަމަށެވެ. އަދި ސްޕެޝަލް އެޑިއުކޭޓާ މަރިޔަމް ޝަތުރަތު ޝާކިރު ކަމަށެވެ.
މި ކުލާހުގައި ބައިވެތިވުމަށް ގުޅާނެ ފަރާތެއް ނުވަތަ ނަންބަރެއް ލިބޭނެތޯ.