ހިޔާ ފްލެޓްތައް ދިނުން ލަސްވެއްޖެ ކަމަށާއި އޭގެ ނިކަމެތިކަން ބަރުދާސްތުކުރަން ޖެހޭނީ ދިވެހި ރައްޔިތުން ކަމަށް ވިދާޅުވެ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހަންމަދު މުއިއްޒު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
މުއިއްޒު ކުރައްވާފައިވާ ޓްވީޓެއަގައި ވަނީ ހިޔާ ފްލެޓްތައް ހަވާލުކުރުން ލަސްވެފައިވާ ކަމަށާއި އެކަމުގެ ޒިންމާ ނަގާނީ ކާކުތޯ ސުވާލު ކުރައްވައިފައެވެ.
އަދި ބަރުހެލިކަމާއި ނާގާބިލުކަން އިންތިހާ އަށް ގޮސްފައިވުމުގެ ހިތްދަތިކަން ބަރުދާސްތު ކުރަން ޖެހެނީ ނިކަމެތި ރައްޔިތުންނަށް ކަމަށާއި ރައްޔިތުން މިކަން ކަމަށް ޖަވާބު ދޭނީ ހަމަ ގައިމު ވެސް އޮޅުމަކުން ނޫން ކަމަށް ވިދާޅުވެ ސަރުކާރަށް ވަނީ ފާޑު ވިދާޅުވެފައެވެ.
ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން މުއިއްޒު މިފަދައިން ޓްވީޓް ކުރެއްވި އިރު ފްލެޓްތަކުގެ ތަފްސީލުތައް އަންނަ މަހު ހާމަކުރާނެ ކަމަށް މަޖިލީހުގެ ކޮމިޓީއެއްގައި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އަށް ވިދާޅުވެވުނީ އޮޅަމަކުން ކަމަށް އިއްޔެ ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބުނު ފަރާތްތައް ވެރިކަން ބަދަލުވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން 2018 ވަނަ އަހަރު އޭރުގެ ހައުސިން މިނިސްޓްރީން އިއުލާނުކުރި ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައިސް ފްލެޓްތައް ލިބިފައިވަނީ ހައްގުވެރިންނަށް ކަން ކަށަވަރު ކުރުމަށްޓަކައި ފްލެޓް ލިބުނު މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތް ވަނީ ފެށާފައެވެ.
ކަންނެއްޔައް ދާންފެނޭ ޔާމީނު ދޫކޮއްލަންދެން