ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންމިދާ ދަނޑިވަޅުގައި ވޭތުވެ ދިޔަ ދެ ދުވަސްތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ތެރެއިން 203 މީހަކު އަނބުރާ ރަށަށް ފުރުވާލާފައިވާ ކަމަށް ކޮވިޑްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، އިއްޔެއާއި މިއަދު ޑާކާއަށް ފްލައިތްތަކެއް ދަރުކޮށްފައިވާ އިރު އެ ފްލައިޓުތަކުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 203 ފަރާތެއް ފުރުވާލާފައިވާ ކަމަށެވެ. އެ ގޮތުން އިއްޔެ ޑާކާއަށް ބަންގްލަދޭޝްގެ ރައްޔިތުންނާ އެކު ފުރި ފްލައިޓުގައި 198 ފަރާތެއް ދަތުރުކޮށްފައިވާ ކަަމަށާއި އެ 198 ފަރާތަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ހަމައެއާއެކު މިއަދު ޑާކާއަށް ފުރި ފްލައިޓުގައި ބަންގްލަދޭޝްގެ 195 ރައްޔިތުން އެނބުރި ރަށަށް ގޮސްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އޭގެތެރެއިން 5 ފަރާތަކީ ގައިވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް ރައްޔިތުން ކަމަށާއި ބާކީ 190 މީހުންނަކީ ރިސޯޓް ސްޓާފުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި ރާއްޖޭގައި ތިބި ބޭރު ގައުމުތަކުގެ މީހުން އެނބުރި ގައުމަށް ފޮނުވުމަށް ހާއްސަ ފްލައިޓުތައް ދަނީ ބާއްވަމުންނެވެ. އެގޮތުން މޯލްޑިވިއަންގެ ޗާޓާޑް ދަތުރުތައް ބައެއް ގައުމުތަކަށް ކުރަމުންދާއިރު، އެކި ގައުމުތަކުން ދަނީ ރާއްޖޭގައި ތިބި އެ ގައުމުގެ ރައްޔިތުން ގެންދިޔުމަށް ފްލައިޓުތައް ބާއްވަމުންނެވެ.
މީގެ އިތުރުން ބަންގްލަދޭޝަށް ފުރި މީހުންގެ ތެރޭގައި މި މަހުގެ 26 ވަނަ ދުވަހު 200 މީހުނާއި މިމަހުގެ 23 ގައި 350 މީހުނާއި މިމަހުގެ 22 ގައި 352 މީހުން ވަނީ ފުރުވާލާފައެވެ.
ގަވައިދާ ހިލާފައް ފިލައިގެން އިން ބޭރުމީހެއް އެބައިން ފަހާތަނެއްގަ ގަލޮޅު ކުރީގަ އެންޒީ އާޖެހިގެންހުންނަ ފަހާތަނުގަ ލޮ ކްޑައުންވީއްސުރެ އެތާ އެމީހާ އިންނަނީ ފިލާ