ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1313 އަށް އަރައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިރޭ 9:00އާ ހަމައަށް އިތުރު 39 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއތުރު 39 މީހަކު ޕޮޒިޓިވްވެފައިވާއިރު، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 16 ދިވެހިން ހިމެނެއެވެ.
16 ދިވެހިންގެ އިތުރުން، ބަންގްލަދޭޝް އަށް ނިސްބަތްވާ 15 މީހަކާއި، އިންޑިއާއަށް ނިސްބަތްވާ 7 މީހެއްގެ އިތުރުން ލަންކާއަށް ނިސްބަތްވާ މީހަކުވެސް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް 1313 ކޭސް ފެނިފައިވާއިރު، އޭގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ގޮތުގައު 1198 ކޭސް އެބަ އުޅެއެވެ.
ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 109 މީހަކު ރަނގަޅުވެފައިވާއިރު، މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 4 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ 83 އަހަރުގެ ދިވެހި އަންހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 80 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރު 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން ދިއުމާގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަކަށް ގެނެސްފައިވާތާ މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ނަމަވެސް، ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު މަދު ނުވި ކަމުގައި ވިޔަސް މިމަހު 28 ވަނަ ދުވަހު ލޮކްޑައުންގެ މުއްދަތު ހަމަވުމާއެކު، ލޮކްޑައުން އަށް ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.