ލޮކްޑައުންގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ. އެގޮތުން، ވިޔަފާރި ކުރުމާއި، މިސްކިތްތަކުގައި ނަމާދު ކުރުމާއި، ސައިހޮޓާ ރެސްޓޯރަންޓުތަކާއި އޮފީސްތަކާއި ސްކޫލުތައް ހުޅުވުމުގައިވެސް ލުއިތަކެއް ދެއްވާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާލުވީ ލޮކްޑައުން ނިމުމާއެކު ލުއިތައް ދެއްވާނީ މަރުހަލާތަކަކަށް ބައްސަވާލައްގައިގެން ކަމަށެވެ. އެގޮތުން ގެއިން ނުކުތުމާއި، ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމާއި މިސްކިތްތަކަށް ނަމާދަށް ދިއުމުގެ އިތުރުން ސައި ހޮޓާ ރެސްޓޯރަންޓް ތަކާއި ސްކޫލުތަކާއި އޮފީސްތައްވެސް ހުޅުއްވާ ލައްވާނެ ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ކަމެއްވެސް ކުރައްވާނީ މަރުހަލާތަކަކަށް ބައްސަވާލައްވައިގެން ކަމަށެވެ.
ރައީސް ވިދާޅުވީ، މިއިން ކޮންމެ ކަމަކަށްވެސް ލުއިތަކެއް ދެއްވާނީ ވަކިވަކި އިންތިޒާމްތަކެއްގެ ދަށުން ކަމަށާއި، އެ ލުއިތަކާ ގުޅޭ ތަފްސީލު ކުރިއަށް އޮތް ތަނުގައި ސަރުކާރުން ދެމުން ގެންދާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ލުއިތަކުގެ ތެރެއިން ރާއްޖޭގެ ރިސޯޓުތައްވެސް ހުޅުވާލއްވަން ނިންމަވާފައިވާކަމަށެވެ. އަދި އެއާޕޯޓުވެސް ހުޅުވާލުމާއި، ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތްތައް ހަމަޖައްސަވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކޮވިޑްގެ އަސަރު ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލުމާއި ލުއިތައް ދިނުމުގެ އުސޫލުތައް ކަނޑައެޅުއްވުމުގެ އިތުރުން، ކޮންމެހެން ރަށްރަށަށް ދާން ބޭނުންވެ މާލޭގައި ތިބި 1800 މީހަކު ރަށްރަށަށް ފޮނުވުމަށްޓަކައި ކަރަންޓިނު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ކޮވިޑާ ގުޅިގެން ލުއިދޭން ނިންމި ކަންކަމުގެ ތެރެއިން ބޭންކުތައް މެދުވެރިކޮށް 15 ހާސް ލޯނަކަށް ލުއި ދެވިފައިވާކަމަށެވެ. އަދި ކޮވިޑާ މިހާތަނަށް 8 ބޭންކަކާއެކު މަސައްކަތް ކުރެވެމުން ދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ތި ނިންމުން އެއް ގޮތަކުން އޯކޭ. އެކަމަކު މަށަށް ހީވަނި ތި ވޯކް ނުކުރާނެހެން