ރޭ ނިޔާވި ހުސައިން އަބްދުﷲގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، މުޖުތަމައަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތެރިޔާ (ނ.ކ.ޝ.ޢ) ހުސެއިން އަބްދުﷲ އަވަހާރަވުމުގެ ހިތާމާގައި އެ އާއިލާއަށް ތައުޒިޔާ ދަންނަވާ ކަމަށެވެ. އަދި އެމަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވުންއެދި ރައީށް ސޯލިހް ވަނީ ދުއާ ދަންނަވާފައެވެ.

ޖަމާއަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއިން ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް ހާސިލު ކުރައްވާފައިވާ ހުސެއިން އަބްދުﷲ ނިޔާވީ، ކޮވިޑް-19 ބައްޔާސް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. އޭނާ ނިޔާވިއިރު އުމުރަކީ 88 އަހަރެވެ.

މަރޮށީ މަރުހޫމް ހުސައިން އަބްދުﷲ ނުވަތަ މަރޮށީ ހުސައިން ކަލޭފާނަކީ،

އޭނާ މަރޮށީ ކަތީބުކަމުގައި ހުންނަވައިގެން، ރަށުގެ ތަރައްގީއަށާއި، ރަށުގެ ރައްޔިތުންނަށް އަދި މުޅި އަތޮޅަށް ވަރަށް އިހުލާސްތެރި ހުދްމަތްތަކެއް ކޮށްދެއްވިއެވެ.

ޖަމާޢަތަށް ފައިދާހުރި ހާއްސަ ހިދުމަތް ކުރެއްވުމުގެ ރޮނގުން 1992 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި 2005 ވަނަ އަހަރު އެރޮނގުން ޝަރަފުވެރިކަމުގެ އިނާމުވެސް އޭނާ ހޯއްދަވާފައިވެއެވެ.

އުމުރުން 88 އަހަރުގެ ހުސައިން އަބްދުﷲ ކޮވިޑަށް ޕޮޒިޓިވް ވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަން ފެއްޓެވީ އޭނާގެ އަނބިކަނބަލުން އުމުރުން 83 އަަހަރުގެ އައިމިނަތު އާދަމް ނިޔާވި ދުވަހުއެވެ. އޭނާ ނިޔާވެފައިވަނީ 29 އޭޕްރީލްގައެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ ނިޔާވީވެސް އޭނާއެވެ.