ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ސަބަބުން ލޮކްޑައުންވެފައި ހުރި "ކުއީން"ގެ ގިޓަރިސްޓް ބްރާޔަން މޭގެ ބުޑުމަސްގަނޑަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް އޭނާ ބުނެފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ބަތޮލުންނަށް ހާއްސަކޮށްގެން ދާދިފަހުން ލަވައެއްވެސް ހުށަހަޅާދީފައިވާ ބްރާޔަން މޭ، އިންސްޓަގްރާމްއަށް ދޫކޮށްލި ޕޯސްޓްއެއްގައި ބުނީ، ގަސް އިންދަން އުޅުމުގެ ފޯރިގައި އޭނާގެ ބުޑުމަސްގަނޑަށް ވަރަށް ބޮޑަށް އަނިޔާ ލިބިފައިވާ ކަމަށާ، އިތުރު އެހީއަކާ ނުލާ ދުވަސްކޮޅަކަށް އަމިއްލައަށް ހިނގާވެސް ނުއުޅެވޭނެ ކަމަށެވެ.

https://www.youtube.com/watch?v=7LcLqIHzNkY

ބްރާޔަން މޭ ބުނެފައިވާ ގޮތުގައި އޭނާ ވަނީ މި އަނިޔާއާއި ގުޅިގެން ހޮސްޕިޓަލުން ފަރުވާވެސް ހޯދާފައެވެ. ނަމަވެސް އަޅަމުންދާ ވޭނެއްގެ ބޮޑުކަމުން ހަމައަށް ނުނިދޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

https://www.instagram.com/p/B_3mBS7FJeV/?utm_source=ig_embed

ބަލިން މުޅިން ރަނގަޅުވަންދެން 'ބްރޭކެއް' ނަގާކަންވެސް ބްރާޔަން މޭ ވަނީ ހާމަކޮށްފައެވެ.