ކޮވިޑް-19 އަށް ފަަރުވާދޭ މިންގަނޑުތަކާ ގުޅޭ ގައިޑްލައިނެއް ތައްޔާރުކޮށް އެ ގައިޑްލައިން އިއްޔެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ނެރެދެއްވައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނީ، ކޮވިޑް-19 އަކީ އާ ބައްޔަކަށް ވެފައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ދިރާސާތަކެއް ކޮށް އެކި ގައުމުތަކުން އެކި ގޮތްގޮތަށް ބައްޔަށް ފަރުވާ ދިނުމުގައި އަމަލު ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގައި މި ބައްޔަށް ފަރުވާ ދޭނެ އެކަށޭނަ މިންގަނޑުތަކެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް މެޑިކަލް އެސޯސިއޭޝަނުން ދެކޭ ކަމަށާއި އަދި އެފަދަ ގައިޑްލައިންނެއް އެކުލަވައިލުމަށްޓަކައި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މަސައްކަތްތަކެއް ކުރަމުން ދާތާ މަސް ދުވަސް ވެފައިވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.
ހެލްްތް މިނިސްޓްރީން ބުނީ އެ ގައިޑްލައިންގައި ކޮވިޑް-19 ގެ ބަލި ދެނެގަންނާނެ ގޮތާއި ހެދޭނެ ޓެސްޓުތަކާއި ފަރުވާ ކުރުމުގައި އަމަލު ކުރާނެ ގޮތާއި ބޭނުން ކުރާނެ ބޭސްތައް އެކުލެވިގެންވާ ކަމަށެވެ. އަދި ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލް ލެވެލްގައި ވެސް ކޮވިޑް-19 އަށް ފަރުވާދެވޭ ގޮތްތަށް އެ ގައިޑްލައިނުިގައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު އެ ގައިޑްލައިން ވާނީ މި ބައްޔަށް ފަރުވާދިނުމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ އިތުރު އެހީއެއް ކަމަށް ހެލްތް މިނިސްްޓްރީން ބުނެއެވެ.
މެޑިކަލް އެސޯސިއޭޝަނަކީ ރާއްޖޭގެ ސިއްހީ ދާއިރާ އާއި ސިއްހީ ދުޅަހެޔޮ ކަމުގެ އިތުރުން ޑޮކްޓަރުންގެ ފަންނު ކުރިއެރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ.
މާލޭގައި ތިބި މީހުންނަށް ރަށަށް ދެވޭނީ ކޮން ދުވަހަކުންބާ؟ ނޫސްވެރިންވެސް ރައްޔިތުންނަށް ބޭނުންވާނެ ސުވާލު ކުރަން އިސްކަންދޭންވީނުންދޯ، ސަރުކާރުން ކުރާކަންތައް ފޮރުވުމުގެ ބަދަލުގައި....... މާލެއިން މީހުން ޓެސްޓް ކޮށްފަ ރަށްރަށަށް ފޮނުވަން ދެންވެސް އުޅެންވީނުން، ނޫންވިއްޔާ ބަލިނެތް ރަށަކަށް... އޭރުން މާލެއިން މީހުން މަދުކުރެވޭނެ...