ހއ ތަކަންދޫން 3 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެކަން އެޗްޕީއޭގެ ފަރާތުން ތަކަންދުއަށް މިވާރު ވަނީ އަންގާފައެވެ.

ތަކަންދޫން 3 މީހަކު ޕޮޒިޓިވް ވެފައި ވާއިރު އެ 3 މީހުންނަނީ މިމަހުގެ 15 ވަނަ ދުވަހު، ކާވިޔާ ބޯޓުގައި އެ ރަށަށް ދަތުރުކުރި ތިން މީހެކެވެ. ޕޮޒިޓިވްވި ތިން މީހުންގެތެރޭގައި ހިމެނެނީ ދެ އަންހެނަކާއި އެތަނުން އެއް އަންހެނެއްގެ ދަރިެކެވެ.

ތަކަންދޫން 3 މީހުން ޕޮޒިޓިވް ވި އިރު، އެމީހުން ދަތުރު ކުރި ކާވިޔާ ބޯޓުން އުލިގަމަށް ދިޔަ މީހަކުވެސް މީގެ ކުރިން (ކޭސް 52) ވަނީ ޕޮޒިޓިވް ވެފައެވެ. ތަކަންދޫން 3 މީހުން ޕޮޒިޓިވް ވުމާ ގުޅިގެން އެރަށުގައިވެސް ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އަދި އާންމު ރައްޔިތުން ތިބީ ބިރުވެރިކަމެއްގައިކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

މާލެ ސަރަހައްދު ގައި ކޮވިޑް ބާރަށް ފެތުރި ކޮންމެ ދުވަހަކު ޕޮޒިޓިވް ވާ އަދަދު ދަނީ މަތިވަމުންނެވެ. މާލެ ފިޔަވާ މިހާރު ކޮވިޑް ފެނިފައިވާ ރަށްރަށަކީ ހއ. އުލިގަމު، ށ. ނަރުދޫ، ށ. މިލަންދޫ، ކ. ތުލުސްދޫ އަދި ހއ. ތަކަންދޫއެވެ.

ހުސްވި އޭޕްރީމް މަހުގެ 15ގައި މާލެއިން ކޮވިޑް19 ފެނި، ގައިން ގަޔަށް ބަލި ފެތުރެން ފެށިފަހުން މިއަދާ ހަމައަށް 468 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މިވަގުތު ބައްޔަށް ފަރުވާ ދެމުންދާ 451 މީހަކު އެބަ ތިއްބެއެވެެ.