ފެތުރުން ހުއްޓުވުމަށްޓަކައި، އޭޕްރީލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަންނަ މޭ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ. މިގޮތަށް ނިންމެވީ، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުންނެވެ.
އަންނަ މޭ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކުރަން ނިންމި މުައްދަތު އިތުރު ކުރަން ނިންމާފައިވާއިރު، މިއީ މިގޮތަށް އިތުރު ކުރި ދެވަނަ ފަހަރެވެ. ރޭ ފުލުހުން ވަނީ މި ހާލަތުގައި ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދެވޭނެ އިންތިޒާމު ކުރިއަށްއޮތް 48 ގަޑިއިރަށް މެދުކަންޑާލާފައެވެ. ނަމަވެސް މީގެ ކުރިން ވަނީ ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަ ޖެއްސުމަށާއި، އޮފީސް ހުޅުވައިގެން ޚިދުމަތެއް ދޭން ޖެހިއްޖެނަމަ، އެ ޚިދުމަތެއް ދިނުމަށް ބޭނުންވާ އެންމެ މަދު މުވައްޒަފުން ނެރެން ރައީސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.
ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކަމަށް ވާތީ، މި މުއްދަތުގެ ތެރޭގައި އެޗްޕީއޭން އަންގާ އެންގުން ތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަން ގަތުމަށާއި، އެ އޭޖެންސީން ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭންވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކޮވިޑް-19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، 280 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރޭ ވަނީ ރާއްޖެއިން އެކަނު މަރުވެފައެވެ. 263 މީހަކަށް މިހާރު ރާއްޖޭގައި ފަރުވާދެމުންދާއިރު 17 މީހަކު ވަނީ މި ބަލިން ރަންގަލުވެފައެވެ.