ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކޮވިޑް19 އާއި ގުޅޭ ނޭޝަނަލް ޓާސްކް ފޯސްގެ މަސައްކަތަށް އިރުޝާދު ދެއްވައި އެކަން ކުރިއަށް ގެންދަވަނީ އޮންލައިން ކޮށް މުލީއާގެ ހުންނަވައިގެން ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ރޭ ކުރި ޓްވީޓެއްގައި ބުނީ އެ ބައްދަލުވުންތައް މާޗް 7 އިން ފެށިގެން ކޮންމެ ރެއަކު ބާއްވަމުން އަންނަ ކަމަށެވެ. އެ ބައްދަލުވުމުގައި ރާއްޖޭގައި ކޮވިޑް19 ފެތުރުން ހުއްޓުވުމަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުުން ބުނީ ރޭގެ ބައްދަލުވުމުގައި ސޯލިހް ވަނީ މިހާރުގެ ހާލަތާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސް ސޯލިހު ނޭޝަނަލް ޓާސްކް ފޯސް ބޭފުޅުންނާއި ބައްދަލުކުރެއްވިއިރު އިއްޔެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު އަމީން ވަނީ ކަރަންޓީން ކުރާ ގޮތްތަކަށް ބަދަލުތަކެއް ގެނައުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަމުން އަންނަމުން ކަމަށެވެ. އެހެންކަމުން ގޭގައިވެސް ކަރަންޓީން ވުމަށް ތައްޔާރަށް ތިބުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ކޮވިޮިޑް19 އަށް މިހާތަނަށް 177 މީހަކު ޕޮޒިޓިވްވެފައިވާއިރު މާލޭގައި މިބަލި ފެތުރެން ފަށާފައި ވަނީ މި މަހުގެ 15ވަނަ ދުވަހުއެވެ. އެއަށްފަހު މާލޭގައި މިބަލި އަންނަނީ ވަރަށް ބޮޑަށް ފެތުރެމުންނެވެ.